ރާއްޖެ-ލަންކާ ފޮރިން މިނިސްޓަރުން ބައްދަލު ކުރެއްވުން؛ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ

ރާއްޖެ-ލަންކާ ގުޅުމަކީ އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއް ކަން ފާހަގަކޮށް މިނިސްޓަރުން ވަނީ ކުރިއަށް އޮތްތާ މިގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ ބައްދަލު ކުރެއްވުން

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ގައި އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިނިސްޓަރު ޒަމީރާއި މިނިސްޓަރު އަލީ ސަބްރީ ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާއި ސިއްހަތާއި ތައުލީމާއި މަސްވެރި ކަމާއި ޒުވާނުންނާއި ކުޅިވަރު އަދި އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ ބައްދަލު ކުރެއްވުން

ރާއްޖެ-ލަންކާ ގުޅުމަކީ އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއް ކަން ފާހަގަކޮށް ދެ މިނިސްޓަރުން ވެސް ވަނީ ކުރިއަށް އޮތްތާ މި ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ވިދާޅުވެފަ އެވެ.

ލަންކާއަކީ އަބަދުވެސް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ދިވެހީންނަށް ވަރަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖަައްސައިދީފައި އޮންނަ ގައުމެކެވެ. ދިވެހީންގެ 15،000 ވުރެ ގިނަ މީހުންގެ ބޮޑު އާބާދީއެއް ވެސް އެ ގައުމުގައި އެބަ އޮތެވެ. ކޮންމެ އަހަރަކު އެކި ބޭނުންތަކުގައި އެތައް ހާސް ދިވެހީން އެ ގައުމަށް ދަތުރުކޮށް އުޅެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.