ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެއްޖެ

އޭޕްރީލު މަހުގެ ނިޔަލަށް، ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު 1 އިންސައްތައިން މަދުވެފައިވާ ކަމަށެވެ.

ވީއައިއޭގެ ފިއުލް ފާމް، ފޮޓޯ: އަވަސް

މި އަހރުގެ މިހާތަނަށް ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ  އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެވެ. 

ކޮންމެ މަހަކު އެއްފަހަރު އެމްއެމްއޭއިން ނެރޭ އިގުތިސާދީ އަދާހަމައިގައި ބުނެފައިވަނީ ފާއިތުވި އޭޕްރީލު މަހުގެ ނިޔަލަށް، ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު 1 އިންސައްތައިން މަދުވެފައިވާ ކަމަށެވެ. އެ މުއްދަތުގައި މުދާ އެތެރެކުރި މިންވަރު ފާއިތުވި އަހަރަށްވުރެ ހަ އިންސައްތައިން އިތުރުވެފައިވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. 

ރާއްޖެއިން ބޭރުކުރި މުދަލާއި އެކްސްޕޯޓުން ލިބުނު އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބެއްކަމަށް އެމްއެމްއޭއިން ފާހަގަކުރީ ގަނޑުކުރި ކަންނެއްޔާއި ދަޅުގައި ބަންދުކުރި، އަދި ޕައުޗުގައި ބަންދުކުރި ކަޅުބިލަމަސް ބޭރުކޮށްގެން ލިބުނު އާމްދަނީ ދަށްވުމެވެ. 

އެއާ ޚިލާފަށް އެ މުއްދަތުގައި ރާއްޖެއަށް އިމްޕޯޓުކުރުމަށްފަހު ބޭރުކުރި މުދަލުން ނުވަތަ ރީއެކްސްޕޯޓުކުރި މުދަލުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ރިއެކްސްޕޯޓުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އެ މުއްދަތުގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވުންކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކުރިއެވެ. 

އިމްޕޯޓަށް ކުރި ހަރަދު ބޮޑުވުމުގެ ސަބަބުތަކުގެ ތެރެއިން އެންމެ މައިގަނޑު ސަބަބެއްކަމަށް އެ ރިޕޯޓުގައި ފާހަގަކުރީ އިލެކްޓްރޯނިކް މެޝިނަރީގެ އާލަތްތަކާއި، ބައިތަކަށާއި، ޕެޓްރޯލިއަމްގެ އުފެއްދުންތަކަށާއި، ސިއްހީ އާލާތްތައް އެތެރެކުރުމަށް ހަރަދުކުރި މިންވަރު އިތުުރުވުމެވެ. 

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، ދަތުރުފަތުރާ ގުޅުންހުރި އާލަތްތަކާއި ބައިތައް އަދި އިމާރާތްކުރުމާ ގުޅުންހުރި ތަކެތި އެތެރެކުރަން ކުރި ހަރަދު ދަށްވެފައިވެއެވެ. 

އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި މި އަހަރުގެ ޖަނަވަރީން އޭޕުރީލު މަހުގެ ނިޔަލަށް އެކްސްޕޯޓުވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ހަތަރު އިންސައްތައިން ދަށްވެފައެވެ. އަދި އިމްޕޯޓުކުރި މިންވަރުވަނީ ފާއިތުވި އަހަރަށްވުރެ ދިހަ އިންސައްތައިން އިތުރުވެފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.