ފުލުހުން ބުނީ އެ ސަރަހައްދު ގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. ފުލުސް މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.
އއ. ތޮއްޑޫގައި ދަނޑުބިން ދޫކުރުމުގައި އަމަލު ކުރަން ނިންމި ގޮތާމެދު ހިތްހަމަނުޖެހިގެން އުފެދުނު ދެބަސްވުންތަކާއި ގުޅިގެން ބަޔަކު ކައުންސިލް އިދާރާ ކައިރީ އިހްތިޖާޖުކޮށް ހަމަނުޖެހުން އުފައްދައިފި އެވެ.
ތޮއްޑޫ ކައުންސިލުން ނިންމީ އެ ރަށުގެ ދަނޑުބިންތައް 15 އަހަރަށް ދޫކުރުމަށެވެ. ނަމަވެސް އެކަމާ ރަށުގެ ބައެއް މީހުން ހިތްހަމަ ނުޖެހެ އެވެ. އެ މީހުން ބޭނުން ވަނީ ކުރީން އޮތް ގޮތަށް ފަސް އަހަރަށް އެ މުއްދަތު ބޭއްވުމަށެވެ.
އެ މީހުން ވަނީ ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އިހްތިޖާޖުކޮށް އެ ނިންމުމާމެދު ދެކޮޅު ހަދާފަ އެވެ. އަދި އެންމެ ފަހުން ހަމަނުޖެހުމަކަށް ބަދަލުވެ ކައުންސިލް އިދާރާއަށް ގާ އުކާ ގެއްލުން ދީފައިވާ ކަމަށެވެ. ފުލުހުން ވެސް ދަނީ އެ ސަރަހައްދު ގައި ހަރަކާތްތެރި ވަމުންނެވެ.
ފުލުހުން ބުނީ އެ ސަރަހައްދު ގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. ފުލުސް މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. އެ މީހާއަށް ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.