ގުޅިފަޅަށް ގޯތި ބަދަލު ކޮށްދޭން އެދުނު މީހުންގެ ގުރު ނަގައިފި

ސަރުކާރުން ހުޅުވައިލި ފުރުސަތުގައި 2،210 މީހަކުވަނީ އެމީހުންނަށް ގިރާވަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް އެދިފަ އެވެ. އެ އެންމެންގެ މެދުގައި އިއްޔެ ވަނީ ގުރުއަތު ނަގާފަ އެވެ.

ގުޅިފަޅަށް ގޯތި ބަދަލު ކުރަން އެދުނު މީހުންގެ މެދުގައި ގުރުއަތު ނެގުން އިއްޔެ ކުރިއަށް ދަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލު ކުރަން އެދުނު މީހުންގެ މެދުގައި ގުރުއަތު ނަގައިފި އެވެ.

ކުރީ ސަރުކާރުން ގުޅިފަޅު ހިއްކަން ނިންމާފައިވާ މިންވަރަށް ވުރެ އިތުރަށް އެ ފަޅުން ބައެއް ހިއްކުމާއެކު، ގުޅިފަޅުގައި ތަރައްގީ ކުރަން ކުރީ ސަރުކާރުން ނިންމި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ނިންމުމުން ގުޅިފަޅުން ދޫކުރަން ކުރިން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ގޯތި ދޫކުރާނެ ޖާގަ ވަނީ ތަނަވަސްވެފަ އެވެ.

އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،347 ގޯތި ގުޅިފަޅަށް ބަދަލު ކުރުމަށް ނިންމައި، ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތައް ގުޅިފަޅަށް ގޯތި ބަދަލު ކުރަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ.

ސަރުކާރުން ހުޅުވައިލި ފުރުސަތުގައި 2،210 މީހަކު ވަނީ އެ މީހުންނަށް ގިރާވަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލު ކުރުމަށް އެދިފަ އެވެ. އެ އެންމެންގެ މެދުގައި އިއްޔެ ވަނީ ގުރުއަތު ނަގާފަ އެވެ.

ގުޅިފަޅަށް ބަދަލު ކުރަން ނިންމާފައި ވަނީ:

  •  1250 އަކަފޫޓުގެ 193 ގޯތި
  •  1650 އަކަފޫޓުގެ 663 ގޯތި
  •  2050 އަކަފޫޓުގެ 487 ގޯތި
  •  2450 އަކަފޫޓުގެ 4 ގޯތި

ގުރުއަތު ނަގާފައި ވަނީ 1250 އަކަފޫޓާއި 1650 އަކަފޫޓުގެ ގޯއްޗަށް ބަދަލުކުރަން އެދިފައިވާ މީހުންގެ މެދުގަ އެވެ. ނަމަވެސް 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯއްޗަށް ބަދަލުކުރަން އެދިފައި ވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންނެވެ. އެހެންވެ އެ މީހުންގެ މެދުގައި ގުރުއަތު ނަގާފައެއް ނުވެ އެވެ.

ސަރުކާރުން ވަނީ ގޯތި ލިބުނު މީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުން ވެސް ދޫކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.