ނޭޕާލް މީހާ ރަހީނުކުރި އެކެއްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

ނަމަވެސް ފުލުހުން ބުނީ، ސީނުގައި ތިބި ފުލުހުން ސުވާލު ކުރުމުން އޭނާ ދީފައިވާ ޖަވާމުން، އެ މީހާ ބަންދުކޮށްފައި ހުރިކަން އޭނާއަށް އެނގޭކަން ހާމަވެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓް

މާލޭގައި ނޭޕާލްގެ ފިރިހެނަކު ރަހީނުކުރި މައްސަލައިގައި "އިސްކޮށް" އުޅުނު ކަމަށް ބުނާ ބަންގްލަދޭޝް މީހާ އިތުރު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ގެސްޓްހައުސްއެއްގައި ނޭޕާލް މީހާ ބަންދު ކުރި މި މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ދެ މީހުން ވެސް ބަންދުގައި ބައިތިއްބަން ކޯޓުން ކުރީން ވަނީ އަމުރު ނެރެފަ އެވެ.

އިއްޔެ ކޯޓުން ވަނީ މި މައްސަލައިގައި ހިމެނޭ 35 އަހަރުގެ ޝަމީމް މިއާ ކިޔާ ބަންގްލަދޭޝް މީހާގެ ބަންދު އިތުރުކޮށްފަ އެވެ. އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި ނޭޕާލް މީހާ ރަހީނުކޮށް ބަންދުކޮށްފައި ހުރި ކޮޓަރީގެ ޑަބަލް ތަޅުދަނޑި އޭނާގެ އަތުން ވަނީ ފެނިފަ އެވެ. އޭނާ އަކީ އެ ކޮޓަރި ހުރި ގެސްޓްހައުސްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި ނަމަވެސް މިކަމުގައި އޭނާގެ ގުޅުމެއް ނެތް ކަމަށް ޝަމީމް މިއާގެ ވަކީލް ކޯޓުގައި ބުނެފައިވެ އެވެ.

މީހާ ރަހީނު ކުރުމުގައި އިސްކޮށް އުޅެނީ ވެސް "ޝަމީމް މިއާ" ކިޔާ މީހެއް ކަމަށާއި އެއީ ބަންދުކޮށްފައި ހުރި މީހާއާ އެއްތަނެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވަކީލް ފާހަގަކޮށްފައިވާކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް ފުލުހުން ބުނީ، ސީނުގައި ތިބި ފުލުހުން ސުވާލު ކުރުމުން އޭނާ ދީފައިވާ ޖަވާމުން، އެ މީހާ ބަންދުކޮށްފައި ހުރިކަން އޭނާއަށް އެނގޭކަން ހާމަވެފައިވާ ކަމަށެވެ. އަދި އޭނާ އަކީ ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ނޭޕާލް މީހާއާ އޭނާ ބަންދުކޮށްގެން ގެންގުޅުނު މީހުންނާމެދު ޖެހުނީ ފައިސާގެ މައްސަލަތަކެއް ކަމަށް ފުލުހުން ކުރީން ބުނެފައިވެ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.