"ފަސް މިލިއަން ގަސް" ޕްރޮގްރާމުގައި މަޖިލިސް ރައީސް ގަސް އިންދަވައި ދެއްވައިފި

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މި ބާވަތުގެ ޕްރޮގްރާމެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިއަދު ފެށި "ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގަސް އިންދަވައި ދެއްވުމަށް ފަހު ފެން ޖައްސަވައި ދެއްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވެވި "ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ގަސް އިން ދަވައި ދެއްވައިފި އެވެ. -- "ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި އެ މަނިކުފާނު އިންދަވައި ދެއްވީ މެހެލި ގަހެކެވެ. 

ތިމާވެށީގެ މި ބިޔަ ޕްރޮގްރާމް މިއަދު ފެށީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެނެވެ. މި ޕްރޮގްރާމަކީ ކޮންގްރެސް ޕާޓީގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެކެވެ.

"ފަސް މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމް މާލޭގެ ލޮނުޒިޔާރަތް ޕާކްގައި މިއަދު ހެނދުނު ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. 

ރައީސްގެ ކަނބަލުންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މި ބާވަތުގެ ޕްރޮގްރާމެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

މި ޕްރޮގްރާމަކީ ދަރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ފަށާ މަސައްކަތެކެވެ. މިއަދު އެ ޕްރޮގްރާމް ފެށީ އިރު ރައީސް މުއިއްޒު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހު ކޮށްދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.