އަމާޒަކީ އެކުގައި މަސައްކަތްކުރާ މާހައުލެއް އުފެއްދުން: މިނިސްޓަރު

ލޭބާ ކޮންފަރެންސަކީ ދުނިޔޭގެ އެކި ގައުމުތައް ބައްދަލުވެ، އައިއެލްއޯގެ އުސޫލުތަކާމެދު މަޝްވަރާކޮށް މަސައްކަތުގެ މާހައުލުގެ މުހިންމު ސުވާލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާ ކޮންފެރެންސެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

ދިވެހި ރާއްޖޭގެ އަމާޒަކީ މަސައްކަތުގެ ދާއިރާގައި އެންމެން އެކުގައި އެކަކު އަނެކަކަށް އިހުތިރާމާއެކު، އެކުގައި މަސައްކަތް ކުރާ މާހައުލެއް އުފެއްދުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާ "އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އަހަރުގެ އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސް އިއްޔެ ބޭއްވި ސުވިޒަލެންޑްގެ ޖެނީވާ ގައެވެ. އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސަކީ ދުނިޔޭގެ އެކި ގައުމުތައް ބައްދަލުވެ، އައިއެލްއޯގެ އުސޫލުތަކާމެދު މަޝްވަރާކޮށް މަސައްކަތުގެ މާހައުލުގެ މުހިންމު ސުވާލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާ ކޮންފެރެންސެކެވެ.

ކޮންފަރެންސްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭން އިންޓަނޭޝަނަލް އައިއެލްއޯގައި ބައިވެރިވެ، މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތް ރައްކާތެރި ކުރަން ސަމާލުކަން ދީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ރާއްޖޭގެ ރަށްތަކުގައި މަސައްކަތްތެރިކަން ކުރިއަރުވަން ފާއިތުވި އަހަރުތަކުގައި ރާއްޖޭން ބޮޑެތި އިސްލާހުތަކެއް ގެނެސްފައި ވާނެ ކަމަށާއި ވަޒީފާގެ ބާޒާރުގައި އެންމެންގެ މަސްލަހަތު ހިމާޔަތް ކުރަން ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނާއި ގުޅިގެން ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައި އެތައް މަސައްކަތެއް ކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތުގެ ދާއިރާގައި އެންމެން އެކުގައި އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެން، އެކުގައި މަސައްކަތްކުރާ މާހައުލެއް އުފެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.