ފަސް މިލިއަން ގަސް ޕްރޮގުރާމު ރައީސްގެ ދެކަނބަލުން ފައްޓަވާދެއްވައިފި

ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު އިފުތިތާހުކޮށްދެއްވުމުގެ އިތުރަށް އެ ޕްރޮގުރާމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ލޯގޯވެސް އިފުތިތާހު ކުރި އެވެ.

ފަސް މިލިއަން ގަސް ޕްރޮގުރާމް ރައީސް ޑރ.މުއިއްޒުގެ ދެމަފިރިކަނބަލުން ފައްޓަވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އެމަނިކުފާނު މިއަދު ފައްޓަވާދެއްވައިފިއެވެ. 

މި މަޝްރޫޢު ފައްޓަވައިދެއްވީ ލޮނުޒިޔާރަތް ޕާކުގައި އޮތް ރަސްމިއްޔާތެއްގައި ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި ވަޒީރުންނާއި ސަރުކާރުގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމެއް މުޅި ރާއްޖޭގައި ހިންގެވުމަށް ގަސްތުކުރައްވާކަން ރައީސް އިއުލާނުކުރެއްވީ ދުބާއީގައި ފާއިތުވި އަހަރުގެ ފަހުކޮޅުގައި ބޭއްވި ކޮޕް-28 ސަމިޓުގައި ދެއްވި ތަގުރީރެއްގައެވެ. 

"އަޅުގަނޑުމެންގެ ކުދި ޖަޒީރާ ރަށްތަކަކީ، ވިލުންތެރި، ސާފު ފެހި މާޙައުލަކަށް ހެދުމަށް އިސްކަން ދެން. މިގޮތުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ހިންގުމަށް އަޅުގަނޑުމެން ވަޢުދުވަން.،" ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު އިއުލާނުކުރައްވަމުން ރައީސް ވިދާޅުވިއެވެ. 

އެ ތަގުރީރުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކ ކުޑަ ޖަޒީރާ ގައުމަކަށްވާތީ ރާއްޖޭގެ ކޮންމެ މުރަކަކޮޅަކާއި، ވެލިފުކަކާއި، މަސްމަހާ މެއްސާއި، ރުއްގަހުގައި ބޮޑު އަގެއް އެކުލެވޭ ކަމަށެވެ. އަދި އެއިން ކޮންމެ އެއްޗަކަށް ލިބޭ ގެއްލުމަކީ ރާއްޖޭގެ މުޅި އިގުތިސާދަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.

މިއަދު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު އިފުތިތާހުކޮށްދެއްވުމުގެ އިތުރަށް އެ ޕްރޮގުރާމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ލޯގޯވެސް އެމަނިކުފާނު އިފުތިތާހުކޮށްދެއްވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.