އެ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތްދީ އެ ކުއްޖާ ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފަ އެވެ.
މި ހާދިސާ ހިނގީ ކ. ގުރައިދޫގަ އެވެ.
ފުލުހުންގެ ތަރުޖަމާން ވިދާޅުވީ ގުރައިދޫ ގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ސައިކަލެއްގައި ދަނިކޮށް، ފުލުހުން އެ ކުއްޖާ ހުއްޓުވައި މައުލޫމާތު ސާފުކުރަން އުޅުމުން ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަަށެވެ.
"އެހެންކަމުން އެ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތްދީ އެ ކުއްޖާ ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފައި،" ތަރުޖަމާން ވިދާޅުވި އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި އެ ކުއްޖާ ފުލުހުންނަށް އިންޒާރުދީ ހުތުރު ބަހުން ވާހަކަ ދައްކާ އަޑު އިވެ އެވެ.