އެމްއެމްއޭ އިން 210.9 މިލިއަނަށް ހުޅުމާލޭން ބިމެއް ގަނެފި

ބިމުގެ މިލްކުވެރިކަން އެމްއެމްއޭއަށް ދިނުމަށް އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިން އެނގޭ ގޮތުގައި އެމްއެމްއޭ އިން ގަނެފައި ވަނީ 43،401.23 އަކަފޫޓުގެ ބިމެކެވެ. ކޯޓުގެ ހުކުމުން މި ބިން ވަނީ އެމްއެމްއޭއަށް މިލްކު ކޮށްދީފަ އެވެ.

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ: އެތަނުގެ ހިންގުން ހުޅުމާލެ އަށް ބަދަލުކުރަން ވަނީ ބިމެއް ގަނެފައި --

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން 210.9 މިލިއަން ރުފިޔާއަށް ހުޅުމާލޭން ބޮޑު ބިމެއް ގަނެފި އެވެ. 

ހުޅުމާލެ އަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގައި އޮންނަ ތަނެކެވެ. ހުޅުމާލޭން ބިމެއް ގަންނަ ނަމަ ފައިސާގެ މުއާމަލާތް ކުރަން ޖެހެނީ އެކުންފުންޏާ އެވެ. 

ބިމުގެ މިލްކުވެރިކަން އެމްއެމްއޭއަށް ދިނުމަށް އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިން އެނގޭ ގޮތުގައި އެމްއެމްއޭ އިން ގަނެފައި ވަނީ 43،401.23 އަކަފޫޓުގެ ބިމެކެވެ. ކޯޓުގެ ހުކުމުން މި ބިން ވަނީ އެމްއެމްއޭއަށް މިލްކު ކޮށްދީފަ އެވެ.

އެމްއެމްއޭ އިން ހުޅުމާލޭން ބިމެއް ގަނެފައި ވަނީ އެ އޮތޯރިޓީ މިހާރު ހިންގާ އިމާރާތް ހުރީ ކާރުބާރު ބޮޑު ސަރަހައްދެއްގައި ކަމުން ސެކިއުރިޓީ އިންތިޒާމްތައް ހަމަޖެއްސުމަށް އެކަށީގެންވާ ޖާގައެއް ނެތް ކަމަށް ބުނެ އެވެ. 

އެމްއެމްއޭ މިހާރު ހިންގާ އިމާރާތް ބޭނުންކުރަން ފަށާފައި ވަނީ 2008 ވަނަ އަހަރު އެވެ. އެއީ އެ އިދާރާ ފެށުނީއްސުރެ ބޭނުން ކުރަމުން އަންނަ އިމާރާތެވެ. އެ އިމާރާތް ހުންނަ ސަރަހައްދަކީ ބާޒާރު ސަރަހައްދާއި ރަސްމީ ފާލަން އޮންނަ ސަރަހައްދުގަ އެވެ. މިއީ މާލޭގައި އެންމެ ކާރޫބާރު ބޮޑު ސަރަހައްދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.