ސީއެސްސީގެ މެންބަރު ކަމަށް ހަބީބާ އައްޔަނުކުރައްވައިފި

ކޮމިޝަނުގެ މެންބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ހަބީބާ ހުންނެވީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސީއެސްސީގެ މެންބަރު ކަމަށް މިއަދު އައްޔަނު ކުރެއްވި ފާތިމަތު ހަބީބާއަށް މަގާމުގެ ލިޔުން އަރުއްވަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ދަފްތަރު ނަންބަރު ރސ 9472، ފާތިމަތު ހަބީބާ މިއަދު އައްޔަނުކުރައްވައިފި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ހަބީބާ އައްޔަނު އައްޔަނު ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

މި ރަސްމިއްޔާތުގައި ސީއެސްސީ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. މަގާމުގެ ލިޔުން ހަބީބާއަށް އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ސީއެސްސީގެ މެންބަރު ކަމަށް ހަބީބާ އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. ކޮމިޝަނުގެ މެންބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ހަބީބާ ހުންނެވީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.  

ހަބީބާގެ އިތުރުން އެ ކޮމިޝަންގެ މެންބަރު ކަމަށް އަބްދުލްހަސީބު އިސްމާއީލް އަދި މަރިޔަމް ޝާހިދާގެ ނަން ފާސްކޮށްދިނުމަށް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.