ޓިވެޓް ޕޮލިސީ ފްރޭމްވޯކް ހަރުދަނާކުރުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޖޫން 2 އަކުން 6 އަކަށް މާލޭގައި ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ ތަޖްރިބާކާރުން ސެޝަންތައް ނަގައިދެއްވާނެ އެވެ.

ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވޯކް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހަޔާ އެޑިއުކޭޝަން

ޓިވެޓް ދާއިރާއަށް ނިސްބަތްވާ ގިނަ ބަޔަކާ އެކު ޓިވެޓް ޕޮލިސީ ފްރޭމްވޯކް ހަރުދަނާކުރުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ. 

''ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވޯކް" މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، ކޮލަމްބޯގެ ޕްލޭން ސްޓާފް ކޮލެޖް ގުޅިގެން ފެށި މި ޕްރޮގްރާމުގައި އެ ދާއިރާއަށް ނިސްބަތްވާ 60 ފަރާތަކުން ބައިވެރިވި އެވެ.     

މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްދަނީ ވޯލްޑްބޭންކްގެ މޯލްޑިވްސް އެންހޭންސިން އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު (މީރީ) ޕްރޮޖެކްޓްގެ އެހީތެރިކަމާއެކުއެވެ.

މި ޓްރޭނިން ފެށުމަށް ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު މުޙައްމަދު ވިދާޅުވީ ޓިވެޓް ދާއިރާއަށް އަހުލުވެރިކުރުމަށް، ކީ-ސްޓޭޖް ތިނަކުން ފެށިގެން ކަރިކިޔުލަމަށް ޓިވެޓް ޕްރޮގްރާމްތައް އިންޓަގްރޭޓް ކުރުމަށްފަހު ކީ ސްޓޭޖް ހަތަރެއްގައި ގައި ޓިވެޓްގެ އެކި ރޮނގުރޮނގުން މާއްދާތައް ކިޔަވައިދިނުމާއި އަދި ކީ ސްޓޭޖް ފަހެއްގައި ޓިވެޓް ސްޓްރީމެއް ފެށުމުގެ ޚިޔާލު ގެންގުޅުއްވާ ކަމަށެވެ.

މި ހަފްލާގައި މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ދެއްވި ވީޑިއޯ މެސެއްޖެއްގައި ގައުމީ ފެންވަރުގެ ޓިވެޓް ޕޮލިސީއެއް އޮތުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. ބަދަލުވަމުންދާ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރާއި މައުލޫމާތު ލިބިފައިވާ ބަޔަކު ބިނާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ޕޮލިސީގެ ސަބަބުން އިގްތިސާދަށާއި ދިވެހީންނަށް ފާގަތި މުސްތަގުބަލެއް ގެނުވާނެ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ "ޓިވެޓް" ދާއިރާގެ ޕޮލިސީތައް ތައްޔާރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ބަލައި، އެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ކުރިމަތިވާ މައްސަލަތަކާއި، ގޮންޖެހުންތައް ދެނެގަތުމާއި، ކުރިން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް ޕްލޭންތައް ދިރާސާކޮށް، ބޭނުންކުރެވޭނެ ހަރުދަނާ ޓިވެޓް ޕޮލިސީ ޕްރޭމްވޯކެއް އެކުލަވާލުމެވެ.

މި ޕޮލިސީ ފްރޭމްވޯކްގެ އެހީގައި މަސައްކަތްތެރިކަމާއިގުޅޭ ތައުލީމާއި ތަމްރީނު ދިނުމަށް ބޭނުންކުރާ ކަރިކިއުލަމްތައް އެކުލަވާލުމާއި، ސްޓްރެޓެޖިކް ޕްލޭންތައް ކުރިއަށް ގެންދިއުމާއި، ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ އެވެ. އަދި މަސައްކަތްތެރިކަމުގެ ސިނާއަތްތަކާއި ގުޅުން ބަދަހިކޮށް، ތަމްރީނުތައް ހިނގަމުންދާގޮތް ބަލައި، ތަމްރީނުތަކުގެ ފެންވަރު ކަށަވަރުކުރުމާއި، ވަޒަންކުރެވޭނެ ނިޒާމެއް ވެސް ގާއިމްކުރެވޭނެ އެވެ.

ޖޫން 2 އަކުން 6 އަކަށް މާލޭގައި ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ ތަޖްރިބާކާރުން ސެޝަންތައް ނަގައިދެއްވާނެ އެވެ. މި ތަމްރީނު ޕްރޮގްރާމުގައި ޓިވެޓް ދާއިރާ އަށް ނިސްބަތްވާ 60 ފަރާތަކުން ބައިވެރިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.