ޖެން ހޮޓާ ކައިރީ ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައެއް ބަލަނީ

އަދި މިހާރުވެސް އެ މައްސަލައާ ގުޅިގެން އިތުރަށް ތަހުގީގުކުރަންޖެހޭ ކަންކަން އެ އިދާރާއިން ބަލަމުންދާކަމަށް ބުނެފައިވެއެވެ.

ހޮޓެލް ޖެން

ޖެން ހޮޓާ ކައިރީ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ ޖެން ހޮޓާ ކުރިމަތީ އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލިކަމަށް ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު ތިނެއް ޖެހި ހާއިރުއެވެ. 

އަދި އަލިފާން ރޯކޮށްލުމުން އެތަނުގައި ޕާކުކޮށްފައި ހުރި 7 ސައިކަލަކަށާއި ވޭނަކަށް ގެއްލުން ލިބިފައިވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އެއިން ތިން ސައިކަލު ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ. 

މި މައްސަލާގައި ފުލުހުން ތަހުގީގު ހިންގައި ސައިކަލުތަކުގައި ރޯކޮށްލިކަމަށް ތުހުމަތުވާ މީހާ ދެނެގަނެ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމުގެ އިޖުރާއާތުތައް ފަށާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އަދި މިހާރުވެސް އެ މައްސަލައާ ގުޅިގެން އިތުރަށް ތަހުގީގުކުރަ ންޖެހޭ ކަންކަން  އެ އިދާރާއިން ބަލަމުންދާކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.