އެޕްރީލް ރިޒާވް: މިދިޔަ އަހަރު ނިންމާލި ވަރަށްވުރެ މައްޗަށް އުފުލިއްޖެ

މިދިޔަ އަހަރު ނިމުނުއިރު 500 މިލިއަން ޑޮލަރު ހުރި ނަމަވެސް މިހާރު ރިޒާވް ވަނީ 600 މިލިއަން ޑޮލަރަށް އުފުލިފަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ

ރާއްޖޭގެ ޖުމްލަ ރިޒާވަށް އައި އިތުރުވު މާއެކު މިދިޔަ އަހަރު ނިމުނުއިރު ރިޒާވް ހުރި ވަރަށްވުރެ މައްޗަށް ޖެހިލައިފި އެވެ. 

ރާއްޖޭގެ ޖުމްލަ ރިޒާވް ބަލަހައްޓާ މަރުކަޒީ ބޭންކުން ނެރުނު މެއި މަހުގެ އިކޮނޮމިކް އަޕްޑޭޓް ދައްކާ ގޮތުގައި މިދިޔަ އެޕްރީލް ނިމުނުއިރު ރިޒާވްގައި 622 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ) އެބަހުއްޓެވެ. މި އަދަދަކީ އެޕްރީލް މަހު ރިޒާވްގައި ހުރި 541 މިލިއަން ޑޮލަރާ އަޅާބަލާނަމަ 81 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އަދި މިއީ މި އަހަރު ފެށުނު ފަހުން ރިޒާވް 600 މިލިއަން ޑޮލަރަށް އުފުލުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މިދިޔަ އަހަރު ނިންމާލިއިރު ރިޒާވްގައި ހުރި އަދަދަށްވުރެ އިތުރު ވުމެކެވެ. 

މި އަހަރު ރާއްޖޭގެ ޖުމްލަ ރިޒާވް

  •  ޖެނުއަރީ - 551 މިލިއަން ޑޮލަރު
  •  ފެބްރުއަރި - 588 މިލިއަން ޑޮލަރު
  •  މާރިޗު - 541.7 މިލިއަން ޑޮލަރު
  •  އެޕްރީލް - 622 މިލިއަން ޑޮލަރު

ރިޒާވް 600 މިލިއަން ޑޮލަރު ފަހަނަޅައި ދިޔަ ނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ އެޕްރީލް މަހު ހުރި ވަރަށްވުރެ ދަށްވުމެކެވެ. މިދިޔަ އަހަރު އެޕްރީލްމަހު ރިޒާވް 756.8 މިލިއަން ޑޮލަރަށް އިތުރުވެފައި ވެއެވެ. 

ޔޫޒަބަލް ރިޒާވް - ޖުމްލަ ރިޒާވްގައި ހުރި އަދަދު އެނގުނު ނަމަވެސް ޔޫޒަބަލް ރިޒާވްގައި ހުރި އަދަދެއްގެ 2022 ވަނަ އަހަރުން ފެށިގެން އެމްއެމްއޭ އިން އާއްމު ކުރުން ހުއްޓާލާފައިވުމުން އެ އަދަދު ސީދާ ހާމައެއް ނުކުރެ އެވެ. 

ނަމަވެސް އެވްރެޖުކޮށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި އިމްޕޯޓަށް ބޭނުންވާ ވަރަށް ފައިސާ ހުރެ އެވެ. ހުންނަން ޖެހޭ އެންމެ ރަނގަޅު އަދަދަކީ 3-6 މަހުގެ އިމްޕޯޓެވެ. ނަމަވެސް އެވްރެޖުކޮށް ރާއްޖޭގައި ހުންނަނީ މަހެއް ނުވަތަ ދެ މަހު އިމްޕޯޓަށްވާ ފައިސާ އެވެ.  

ޔޫޒަބަލް ރިޒާވްއަކީ ކުރު މުއްދަތުގެ ލޯނާއި އިމްޕޯޓް ފައިސާ އުނި ކުރުން އަންނަ އަދަދެކެވެ. އެވްރެޖުކޮށް މިވަގުތު ވެސް ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި ހައެއްކަ ބިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި އިމްޕޯޓް އުނި ކުރުމުން ޔޫޒަބަލް ރިޒާވްގައި ގާތްގަނޑަކަށް ހުރީ 100 މިލިއަން ޑޮލަރު ވަރެވެ. މިއީ މަހެއްގެ އިމްޕޯޓެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ޖުމްލަ ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. ވެރިކަމަށް ހަވާލުވިއިރު ގިނަ އަދަދެއްގެ ބިލްތަކަކަށް ފައިސާ ނުދައްކައި ހުއްޓެވެ. އަދި ވެރިކަމަށް ހަވާލުވި މަހު އިންޑިއާ އަށް ދައްކަން ޖެހޭ ބޮޑު ދަރަންޏެއް ދައްކާފައިވެ އެވެ. އިންޑިއާ ބޭންކް / ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކާފައިވާ 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.2 ބިލިއަން ރުފިޔާ) ގެ ޓްރެޒަރީ ބޮންޑެއްގެ ފައިސާ އަނބުރާ ދައްކައިފި އެވެ. 

ރާއްޖޭން ދެއްކި 50 މިލިއަން ޑޮލަރުގެ ބޮންޑަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލިސްޓުކުރި ޑޮލަރުގެ ބޮންޑެއްގެ ފައިސާ އެވެ. މި ބޮންޑް އިޝޫކޮށްފައި ވަނީ 4.5 ޕަސެންޓުގަ އެވެ. އިންޑިއާ އިން ވަނީ މި ދަރަނި 50 މިލިއަން ޑޮލަރު ރޯވްލޯވާކޮށްފަ އެވެ. މި ބޮންޑުގެ މެޗޫރިޓީއަކީ 360 ދުވަހެވެ. އަދި ބާކީ ހުރި ބައި ހިލޭ އެހީއަކަށް ބަދަލު ކުރަން މަސައްކަތް ކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.