ސިއްރު ލީކް ކުރި މައްސަލައިން އިމްރާން ހާން ސަލާމަތްވެއްޖެ

ޖަލުގައި ހުންނެވި ނަމަވެސް އިމްރާން ހާން އަކީ ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި ސަޕޯޓް ބޮޑު، ނުފޫޒުގަދަ ބޭފުޅެކެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދައުލަތުގެ ސިއްރުތައް ލީކު ކުރެއްވި ކަމަށް އޮތް ތުހުމަތުގެ މައްސަލައިން ސަލާމަތްވި ނަމަވެސް އެހެން މައްސަލައެއްގައި ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދާތީ އޭނާ ހުންނަވާނީ ޖަލުގަ އެވެ.

ދެހާސް ބާވީސް ވަނަ އަހަރު ބޮޑުވަޒީރު ކަމުން ދުރުކުރި އުމުރުން 71 އަހަރުގެ އިމްރާނަށް ޖަލު ހުކުމުގެ ތިން ހުކުމެއް އިއްވާފައި ވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް އޭނާ އަބަދުވެސް ވިދާޅު ވެއެވެ.

އިމްރާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2022 ވަނަ އަހަރު ޑިޕްލޮމެޓިކް ކޭބަލެއް އާންމުކުރި ކަމުގެ ތުހުމަތުގަ އެވެ. އިސްލާމްއާބާދު ހައި ކޯޓުން އޭނާގެ އިސްތިއުނާފަށް ތާއީދުކޮށް، އެ މައްސަލާގައި ހޯމަ ދުވަހު އޭނާއާ އެއްކޮޅަށް މައްސަލަ ނިންމި ނަމަވެސް މިވަގުތަށް އޭނާ ޖަލުން ނުކުމެވޭނެ ކަމަށް ނުބެލެވެ އެވެ.

ކުރީގެ ކްރިކެޓް ތަރި އިމްރާން އާއި އޭނާގެ ތިން ވަނަ އަނބިކަނބަލުން ބުޝްރާ ވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ 2018 ވަނަ އަހަރު ކުރި އެ ދެ މީހުންގެ ކައިވެންޏަކީ ގާނޫނާ ހިލާފު ކައިވެންޏެއް ކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އަދި ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ލިބުނު ހަދިޔާތަކާ ގުޅިގެން ވެސް އެ ދެމަފިރިންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ކުށް ސާބިތުކޮށްފަ އެވެ.

ޖަލުގައި ހުންނެވި ނަމަވެސް އިމްރާން އަކީ ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި ސަޕޯޓް ބޮޑު، ނުފޫޒުގަދަ ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.