އައިޔޫއެމް "ސަނާބިލް" ޕްރޮޖެކްޓަށް ސުކޫކް މެދުވެރިކޮށް ފައިނޭންސް ހޯދަނީ

އައިޔޫއެމްގެ "ސަނާބިލް" ޕްރޮޖެކްޓަށް މިއަދު އިޝޫ ކޮށްފައި ވަނީ އެއް މިލިޔަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކެވެ. މި ސުކޫކްތައް އިޝޫ ކޮށްގެން ޖުމްލަ ރެއިޒު ކުރުމަށް އަމާޒު ކޮށްފައި ވަނީ 60 މިލިޔަން ރުފިޔާ އެވެ.

އައިޔޫއެމް "ސަނާބިލް" ޕްރޮޖެކްޓަށް ސުކޫކް މެދުވެރިކޮށް ފައިނޭންސް ހޯދަން ހުޅުވާލުން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުމާލެ ފޭސް އެކެއް ގައި އިމާރާތް ކުރާ "ސަނާބިލް" އިމާރާތަށް އިސްލާމިކް ފައިނޭންސް މޮޑެލްގެ ދަށުން ސުކޫކް ވިއްކައިގެން ފައިނޭންސް ރެއިޒު ކުރުމަށް މިއަދު ހުޅުވާލައިފި އެވެ.

އެކަން ފެށުމަށްޓަކައި މިއަދު އައިޔޫއެމް ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އައިޔޫއެމް "ސަނާބިލް" އިމާރާތް ބިނާކުރުމަށް ކެޕިޓަލް މާކެޓް މެދުވެރިކޮށް ސުކޫކް ވިއްކައިގެން ފައިސާ ރެއިޒު ކުރުމަށް ނިންމި ސަބަބުތަކާއި އިސްލާމިކް ފައިނޭންސްގެ މޮޑެލްއެއްގެ ތެރެއިން މިފަދަ މަޝްރޫއު އެއް ހިންގުމުން ލިބޭ ފައިދާތަކުގެ މައްޗަށް މި ޕްރޮޖެކްޓްގެ ޝަރީއާ އެޑްވައިޒާ އަޒްމީން ރަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އައިޔޫއެމް "ސަނާބިލް" ޕްރޮޖެކްޓަށް ސުކޫކް މެދުވެރިކޮށް ފައިނޭންސް ހޯދަން ހުޅުވާލުން

މި ޕްރޮޖެކްޓަށް މިއަދު އިޝޫ ކުރެވުނު ސުކޫކު ލިސްޓު ކުރުމަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ވަނީ މިހާރު ދީފަ އެވެ.

އައިޔޫއެމްގެ "ސަނާބިލް" ޕްރޮޖެކްޓަށް މިއަދު އިޝޫ ކޮށްފައި ވަނީ އެއް މިލިޔަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކެވެ. މި ސުކޫކްތައް އިޝޫ ކޮށްގެން ޖުމްލަ ރެއިޒު ކުރުމަށް އަމާޒު ކޮށްފައި ވަނީ 60 މިލިޔަން ރުފިޔާ އެވެ. މި ސުކޫކުގަ އި އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ސުކޫކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އައިޔޫއެމް އިން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ލީޑް މެނޭޖަރަކީ ރާއްޖޭގެ ވޯޓާކްރެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑެވެ. މިހާރު ވެސް މި ސޫކުކަށް އިންވެސްޓް ކުރުމަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށް ވާހަކަ ދައްކަމުންދާ ކަމަށް އައިޔޫއެމް އިން ބުންޏެވެ.

އައިޔޫއެމް "ސަނާބިލް" ޕްރޮޖެކްޓަށް ސުކޫކް މެދުވެރިކޮށް ފައިނޭންސް ހޯދަން ހުޅުވާލުން

މި ރަސްމިއްޔާތު ގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅު ގައި އިންސްޓިޓިއުޓެއްގެ ގޮތުގައި 1980 ވަނަ އަހަރު އުފެދި މިއަދާހަމަ އަށް އައިއިރު މި އިލްމީ ހިޔާވަހިކަމުން އިލްމު ހާސިލުކޮށް ދަސްވެނިވި ދަރިވަރުން ގައުމީ ހިދުމަތު ގައި ނުހަނު ބޮޑަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.

އަދި ދަރިވަރުންގެ އަހްލާގުގެ ހެޔޮ ތަފާތު ފެނިވަޑައިގަންނަވާކަން ފާހަގަ ކުރެއްވި އެވެ. އަދި މިފަދަ ހިދުމަތްތެރި މުއައްސަސާއެއް ދިރުވާ ތަރައްގީ ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

އައިޔޫއެމް "ސަނާބިލް" ޕްރޮޖެކްޓަށް ސުކޫކް މެދުވެރިކޮށް ފައިނޭންސް ހޯދަން ހުޅުވާލުން

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ އަހްމަދު އަމީން މުޙައްމަދު ވިދާޅުވި ގޮތުގައި އަކީ މާސްޓާ ޑިގްރީއާ ހަމައަށް އިސްލާމިކް ފައިނޭންސް ކިޔަވައިދޭ ހަމައެކަނި މަތީ ތައުލީމުގެ މަރުކަޒު ކަމުން އިސްލާމީ ފައިނޭންސް ނިޒާމުގެ ތެރެއިން މިފަދަ ޕްރޮޖެކްޓެއް ހިންގުމަކީ އިސްލާމިކް ފައިނޭންސް ރާއްޖޭގައި އާލާކޮށް ދިރުވުމަށްވެ ސް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައިޔޫއެމް "ސަނާބިލް" ޕްރޮޖެކްޓަށް ސުކޫކް މެދުވެރިކޮށް ފައިނޭންސް ހޯދަން ހުޅުވާލުން

"ސަނާބިލް" އިމާރާތަކީ އަށް ފަންގިފިލާއަށް އިމާރާތް ކުރެވޭ ސްޓޭޓް-އޮފް-ދި އާރޓް ފެސިލިޓީތައް ހިމެނޭ އިމާރާތެކެވެ.

މި އިމާރާތުގައި އޮޑިޓޯރިއަމާއި ހޯލާއި ލެބޯޓްރީތަކާއި ކްލާސްރޫމް ތައް އަދި އޮފީސް ޖާގަތައް ހިމެނެއެވެ. މި ތަންތަން އާންމުންނަށް ކުއްޔަށް ދޫކޮށް އައިޔޫއެމްއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަކީ އެ ޔުނިވާސިޓީގެ ސްޓްރެޓެޖިކް އަމާޒެކެވެ.

މިއަދުގެ ރަސްމިއްޔާތު ގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒާ އަހްމަދު މުނައްވަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.