މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް، ނައިބަކަށް ސަލީމު

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމަށް ސަލީމުގެ ނަން ހުށަހެޅުއްވީ ޝުޖާ އެވެ. ތާއީދު ކުރެއްވީ ގާސިމެވެ. ސަލީމު ނައިބު މުގައްރިރުކަމަށް އިންތިހާބުކުރީ ހުރިހާ މެންބަރުންގެ ތާއީދާއެކު އިއްތިފާގުންނެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް، އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމު އަދި ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު އިންތިހާބުކޮށްފިއެވެ. 

މިއަދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އައްޔަންކުރަން ފަށާފައިވާއިރު އިރުކޮޅެއްކުރިން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރުން އިންތިހާބުކޮށްފައިވެއެވެ. މާލިއްޔަތު ކޮމިޓީގައި ތިއްބަވަނީ އެގާރަ މެންބަރުންނެވެ. އެ މެންބަރުންނަކީ

  • 1.އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު
  • 2.ފޮނަދޫ ދާއިރާގެ މެންބަރު އަހްމަދު މަމްދޫހު
  • 3.ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
  • 4.ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު
  • 5.ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ
  • 6.ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ
  • 7.ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
  • 8.ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު
  • 9.ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު
  • 10.ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  • 11.މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް

ކޮމިޓީގެ މުގައްރިރުކަމަށް މެންބަރެއްގެ ނަންފުޅު ހުށަހަޅަން ހުޅުވައިލުމުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ހުށަހެޅުއްވީ ގާސިމުގެ ނަންފުޅެވެ. ބާރަށު ދާއިރާގެ މެންބަރު ޝުޖާ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވުމާއެކު ނެގި ވޯޓުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެގާރަ މެންބަރުންގެ އިއްތިފާގުން ގާސިމް އެ މަގާމަށް އިންތިހާބުކޮށްފައިވެއެވެ. 

އެއަށްފަހު މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމަށް ސަލީމުގެ ނަންފުޅު ހުށަހެޅުއްވީ ޝުޖާއެވެ. ތާއީދުކުރެއްވީ ގާސިމެވެ. ސަލީމު ނައިބު މުގައްރިރުކަމަށް އިންތިހާބުކުރީ ހުރިހާ މެންބަރުންގެ ތާއީދާއެކު އިއްތިފާގުންނެވެ. 

ގާސިމަކީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސްކަމުގެ އިތުރަށް، މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރުކަމާއި، މާލީ ވަޒީރުކަންވެސް ކުރައްވާފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.