ސިޓީއަށް ބޮޑު މޮޅެއް ލިބިގެން ޓޭބަލްގައި މިހާރު އޮތީ ދެވަނައިގައި 20 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އޮތީ ޔުނައިޓެޑް އޮތީ ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައި ޗެލްސީގެ ފުލުންނެވެ. ޓޭބަލްގެ ލީޑަރަކީ އާސަނަލް އެވެ. އެއީ މެޗުން 21 ޕޮއިންޓް ހޯދައިގެނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެން ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް މިއަދު ބައްދަލުކުރި މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ ޔުނައިޓެޑްގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ.
ސިޓީ މޮޅުވީ 6-3 ނަތީޖާއަކުންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑް ކޮޅަށް އާލިން ހާލަންޑް ވަނީ ތިން ގޯލު ވައްދާލާފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ހަތަރު ގޯލު ޖެހި އެވެ. ހާލަންޑްގެ ހެޓްރިކް ގޯލް ޖެހީ ފަހު ހާފުގަ އެވެ. ސިޓީއަށް ދެން ތިން ގޯލާއެކު ހެޓްރިކެއް މިއަދު ހަދައި ދިނީ ފިލް ފޯޑެން އެވެ.
ސިޓީއަށް ބޮޑު މޮޅެއް ލިބިގެން ޓޭބަލްގައި މިހާރު އޮތީ ދެވަނައިގައި 20 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އޮތީ ޔުނައިޓެޑް އޮތީ ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައި ޗެލްސީގެ ފުލުންނެވެ. ޓޭބަލްގެ ލީޑަރަކީ އާސަނަލް އެވެ. އެއީ މެޗުން 21 ޕޮއިންޓް ހޯދައިގެނެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިން ގޯލްގެ ތެރެއިން ދެ ގޯލު ކާމިޔާބު ކޮށްދިނީ މާޝިއަލް އެވެ. އަނެއް ގޯލް ޖެހީ އެންޓޮނީ އެވެ.