ކަރަންޓު ބިލުތަކާ ގުޅޭ 6،500 އަށްވުރެ ގިނަ ޝަކުވާއަށް ސްޓެލްކޯ ޖަވާބުދީފި

ސްޓެލްކޯއިން ބުނެފައި ވަނީ މިހާތަނަށް ހުށަހެޅުނު ހުރިހާ ޝަކުވާތަކަށް 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދީފައި ވާނެ ކަމަށެވެ.

ސްޓެލްކޯގެ އިމާރާތް

ފާއިތުވި މަހުގެ ކަރަންޓު ބިލުތަކާ ގުޅިގެން 6،000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. 

ކަރަންޓު ބިލުތައް ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު މީސްމީޑިއާގައި ސްޓެލްކޯއަށް ފާޑުކިޔާފައި ވަނިކޮށް އެ ކުންފުނިން ވަނީ އެކި ވަސީލަތްތަކުގެ ޒަރީއާއިން އެކަމާ ގުޅޭ ޝަކުވާތައް އެ ކުންފުންޏާ ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. 

އެގޮތުން ފޯނުން ގުޅައިގެންނާއި، ވައިބާއާއި ވަޓްސްއަޕާއި ޓެލެގްރާމާއި، ފޭސްބުކާއި، ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ސްޓެލްކޯއިން ފުރުސަތު ހުޅުވައިލި އެވެ. އަދި ހުށަހަޅާ ހުރިހާ ޝަކުވާއަކަށް 24 ގަޑިއިރުތެރޭ ޖަވާބު ދޭނެ ކަމަށް ވެސް އެ ކުންފުނިން އިއުލާނު ކުރި އެވެ. 

މިއަދު ސްޓެލްކޯއިން ހާމަކުރި ގޮތުގައި މިހާތަނަށް އެ ކުންފުންޏަށް ކަރަންޓު ބިލާ ގުޅޭ 6،794 ޝަކުވާއެއް ލިބިފައި ވެއެވެ. އޭގެ ތެރެއިން 659 ޝަކުވާއަކީ ފޯނުން ގުޅައިގެން އެ ކުންފުންޏަށް ހުށަހަޅާފައިވާ ޝަކުވާތަކެވެ. އަދި 6،135 ޝަކުވާއެއް ހުށަހަޅާފައިވަނީ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށްކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. 

އެ ކުންފުނިން ބުނެފައިވަނީ މިހާތަނަށް ހުށަހެޅުނު ހުރިހާ ޝަކުވާތަކަށް ސައުވީސް ގަޑިއިރުގެ ތެރޭގައި ޖަވާބުދީފައިވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.