ޖޭއެސްސީގައި އިންނަވާ މަޖިލީސް މެންބަރަކަށް ރިޒާ އައްޔަނު ކުރަން ފާސްކޮށްފި

ޖޭއެސްސީގައި އިންނަވާ މަޖިލީސް މެމްބަރަކަށް ރިޒާ އައްޔަނު ކުރުމަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްވީ 83 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީއަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން އައްޔަންކުރަން ފާސްކުރި މެންބަރު ހުސައިން ރިޒާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އައްޔަންކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން، މަޖިލީސް މެންބަރެއް އެ ކޮމިޝަނުގައި އިންނަވަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ހުޅުވާލުމުން ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އެވެ. ހުސްނީގެ ހުށަހެޅުއްވުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ތާއީދު ކުރައްވާފަ އެވެ.

ޖޭއެސްސީގައި އިންނަވާ މަޖިލީސް މެމްބަރަކަށް ރިޒާ އައްޔަނު ކުރުމަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްވީ 83 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް ވެސް އިންނަވަ އެވެ. އަދި އެ މަގާމަށް އެމަނިކުފާނު އައްޔަނު ނުކުރައްވަ އެވެ. މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް ޖޭއެސްސީގައި އިންނަވާނެ އެވެ.

ހުސައިން ރިޒާއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިމިނަލް ކޯޓުގައި ކުރިން މަސައްކަތް ކުރައްވާފަ އެވެ. އޭނާއަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި 18 ވަނަ މަޖިލީހުގެ ދައުރުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީގެ މެންބަރުކަން ކުރެއްވި އިބްރާހީމް ރިޒާގެ ކޮއްކޯފުޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.