ޖޭއެސްސީގައި އިންނަވާ މަޖިލީސް މެންބަރަކަށް ރިޒާގެ ނަން

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން، މަޖިލީސް މެންބަރެއް އިންނަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ހުޅުވާލުމުން ރިޒާގެ ނަން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އެވެ.

މާފުށީ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ، ފޮޓޯ: ހަތާވީސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމްގެ ނަން ހުށަހަޅައިފި އެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތުން، މަޖިލީސް މެންބަރެއް އިންނަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ހުޅުވާލުމުން ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އެވެ. ހުސްނީގެ ހުށަހެޅުއްވުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ތާއީދު ކުރައްވާފަ އެވެ.

އިތުރު ނަމެއް ހުށައެއް ނާޅަ އެވެ. ޖޭއެސްސީއަށް ރިޒާ އިންތިހާބު ކުރުމާމެދު ވޯޓު ނެގުން އޮންނާނީ މިއަދުގެ ވޯޓް ގަޑީގަ އެވެ. ވޯޓް ނަގާނީ މެންދުރު 1:00 ގައެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް ވެސް އިންނަވަ އެވެ. އަދި އެ މަގާމަށް އެމަނިކުފާނު އައްޔަނު ނުކުރައްވަ އެވެ. މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް ޖޭއެސްސީގައި އިންނަވާނެ އެވެ.

ހުސައިން ރިޒާއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ ކުރިމިނަލް ކޯޓުގައި ކުރިން މަސައްކަތްކުރައްވާފައެވެ. އޭނާއަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި 18 ވަނަ މަޖިލީހުގެ ދައުރުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީގެ މެންބަރުކަން ކުރެއްވި އިބްރާހީމް ރިޒާގެ ކޮއްކޯފުޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.