ހިލަތަކެއްގައި ޖެހިގެން ބޯޓެއް ފަޅައިގެން ގޮސްފި

އޮއިގަނޑެއްގައި ކޮންޓުރޯލުން ނައްޓާލައި ބޯޓު ގޮސް ޖެހުނީ ބިލެއްފެހި ނެރުގެ ހުޅަނގު ފަރާތުގައި ހުރި ހިލަތަކެއްގައެވެ. ދޯނި މިހާރު އޮތީ ބިލެއްފަހި ފަޅުތެރޭގަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި ދޯނީގެ އެއްބައި އޮތީ ފެނު އަޑީގަ އެވެ.

ފަޅައިގެން ދިޔަ މުދާ އުފުލާ ބޯޓު ބިލެއްފަހި ފަޅުތެރޭގައި --

މާލެ އިން މުދާ ބަރާކޮށްގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ށ. ބިލެއްފަހި ނެރު ކައިރީ ހުރި ހިލަތަކެއްގައި ޖެހި ފަޅައިގެން ހިނގައްޖެއެވެ. 

ފަޅައިގެން ގޮސްފައި ވަނީ ށ. ކަނޑުތީމުގެ "އުޅިއަށި" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މާލެއިން މުދާ ހިފައިގެން ށ. އަތޮޅަށް ދަތުރު ކުރި މި ބޯޓް ށ. ބިލެއްފަހި ނަރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހުނީ ކަމަށެވެ. 

މި އޮއިވަރުގައި ޖެހި ކޮންޓުރޯލުނުކުރެވި ބޯޓު ގޮސް ޖެހުނީ ބިލެއްފެހި ނެރުގެ ހުޅަނގު ފަރާތުގައި ހުރި ހިލަތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. ދޯނި މިހާރު އޮތީ ބިލެއްފަހި ފަޅުތެރޭގަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި ދޯނީގެ އެއްބައި އޮތީ ފެނު އަޑީގަ އެވެ. 

މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށި ސިޓީގައި ތިބޭ ސިފައިން ދަތުރު ކުރަމުން ދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.