ލަންކާގައި ފެންބޮޑުވެ 10 މީހުން މަރުވެ އެތައް ބައެއްގެ ގެދޮރު ގެއްލިއްޖެ

ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑި، ހޯމަ ދުވަހު ސްކޫލްތައް ބަންދުކުރަން ވަނީ އަންގާފަ އެވެ.

ސްރީލަންކާގައި ފެންބޮޑުވެފައި: ލަންކާގައި ފެން ބޮޑުވުމުގެ ސަބަބުން ބައެއް މީހުން ވަނީ މަރުވެފައި -- ފޮޓޯ - ބީބީސީ

ސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާލަތްތަކެއް މެދުވެރިވުމުގެ ސަބަބުން 10 މީހަކު މަރުވެ އެތައް ބައެއްގެ ގެދޮރު ގެއްލިއްޖެ އެވެ.

ގާތްގަނޑަކަށް 16،000 ދިވެހިން ވެސް ގޮސް ދިރިއުޅޭ އުޅޭ ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނި ލަންކާގައި ފެން ބޮޑުވުމުގެ ސަބަބުން 10 މީހަކު މަރުވެ، ހަ މީހަކު ގެއްލިފައި ވާއިރު 20 މީހަކު ޒަހަމްވެފައި ވެއެވެ. އަދި 11،000 އަށް ވުރެ ގިނަ މީހުންނަށް ގެއްލުމުގެ ސީދާ އަސަރު ކޮށްފައި ވާއިރު 2،500 އަށްވުރެ ގިނަ މީހުން ގެދޮރު ވަނީ ގެއްލިފަ އެވެ. 

ވެރިރަށް ކޮލަމްބޯގެ ބޭރުން ސިޓަވާކާގެ އެއް އާއިލާއެއްގެ ތިން މީހަކު އެ މީހުންގެ ގޭގައި ފެން ބޮޑުވުމުގެ ސަބަބުން މަރުވެފައި  ވެއެވެ. ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައިވާއިރު، ސްކޫލްތައް ހޯމަ ދުވަހު ބަންދު ކުރުމަށް ވަނީ އަންގާފަ އެވެ. އަދި ނުވަ ޑިސްޓްރިކްޓެއްގައި ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ.

އެމްސީގެ ޑިރެކްޓަރު ޕްރަދީޕް ކޮޑިޕީލީ ވިދާޅުވީ ވެރިރަށް ކޮލަމްބޯ އާއި ދެކުނުގެ އެހެން ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ނުރައްކާ ވަރަށް ހަލުއި ކަމާއެކު އިތުރު ވަމުންދާ ކަމަށެވެ.

"ގިނަ ސަރަހައްދުތަކަށް މިހާތަނަށް 400 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓްތައް ބުނޭ،" ކޮޑިޕިލީ ވިދާޅުވި އެވެ. 

ޑީއެމްސީން ބުނީ 25 ޑިސްޓްރިކްޓެއްގެ ތެރެއިން 20 ޑިސްޓްރިކްޓަކަށް ވިއްސާރައިގެ އަސަރު ކޮށްފައިވާ ކަމަށާއި އޭގެ ނުރަނގަޅު އަސަރު ކުރި މީހުނަށް ލުއި ދިނުމަށް އަސްކަރިއްޔާ ޖަމާ ކޮށްފައިވާ ކަމަށެވެ.

އެއާފޯސްގެ ތަރުޖަމާނު ކެޕްޓަން ޑޫޝާން ވިޖެސިންގޭ ވިދާޅުވީ ރިލީފް މަސައްކަތްތަކުގައި އެހީތެރި ވުމަށް ތިން ހެލިކޮޕްޓަރާއި ރެސްކިއު ޓީމެއް މިހާރު ވެސް ހަރަކާތްތެރިވާ ކަމަށެވެ.

ނޭވީގެ ތަރުޖަމާނު ކެޕްޓަން ގަޔަން ވިކްރަމަސޫރިޔާ ވިދާޅުވީ އެހީތެރިވުމަށް 10 ޓީމެއް ޑިޕްލޮއި ކޮށްފައިވާ ކަމަށާއި އިތުރު 116 ޓީމެއް ޑިޕްލޮއި ކުރަން ތައްޔާރު ވެފައިވާ ކަމަށެވެ. އަދި ސިފައިން ބުނީ ގެދޮރު ގެއްލިފައިވާ މީހުނަށް ކާބޯތަކެތި ފޯރުކޮށް ދެމުން ގެންދާ ކަމަށާއި ހާލަތު ބަލައި ކަރަންޓު ނެތް ސަރަހައްދުތަކަށް ކަރަންޓް އަލުން ދޭން ވެސް މަސައްކަތް ކުރާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.