ރައީސްގެ ނިންމެވުން އަރަބި އަދި ބައިނަލްއަގުވާމީ މީޑިއާގެ ފަލަސުރުހީތަކަށް

އިނގިރޭސިވިލާތުގެ ނޫސްތަކުގެ ތެރެއިން "ދަ ސަން" އަދި އެނޫންވެސް ބައެއް ނޫސްތަކުން ދިވެހި ސަރުކާރުގެ ނިންމުމުގެ ޚަބަރު ގެނެސްދީފައިވެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވަނީ

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން އިސްރާއީލު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް ވަނުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމި ހަބަރު އަރަބި މީޑިއާތަކާއި، ބައިނަލްއަގުވާމީ މީޑިއާތަކުގެ ފަލަސުރުހީތަކަށް އަރައި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ. 

މި ހަބަރު އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާއިރު އެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ހުރި އިންފުލުއެންޒާއެއް އޭނާގެ ޓިކްޓޮކްގައި މިއަދު ނިންމުމާ ގުޅިގެން ޝާއިއުކުރި ވީޑިއޯއަކަށް ގިނަ ބައެއްގެ ސަލާމުކަން ލިބިފައިވާ ކަމަށެވެ. އެވީޑިއޯގައި ފެންނަނީ އިސްރާއީލު މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ގޮވައިލާ ހަދާފައިވާ ބޯޑެކެވެ. 

އަލްޖަޒީރާއިން ބުނި ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ވީޑިއޯއިން ފެންނަ ބޯޑުގައި ލިޔެފައިވާ އިބާރާތަކަށެވެ. އެ އިބާރާތުގައި ބުނެފައިވަނީ "ކަލޭމެންގެ ލެއިން ތަތްތެޅިފައިވާ ފައިސާއާ ނުލައިވެސް ރާއްޖެ ދާނީ ކުރިއަށް ކަމަށެވެ. 

އައްރަޞްދު މީޑިއާއިންވަނީ އެ ވީޑިއޯ އަރަބި ތަރުޖަމާއާއެކު ޓުވިޓާގައި ހިއްސާކޮށްފައެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޓުވީޓު ހަތަރު ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. އެ ވީޑިއޯއަށް ކޮމެންޓުކުރި އެތައް ބަޔަކުވަނީ ސަރުކާރުގެ ނިންމުމަށް ތާރީފުކޮށްފައެވެ. 

ޘައުރަތުއް ޝައްކުގެ ނަމުގައި ކޮމެންޓުކުރި މީހަކު ބުނެފައިވަނީ ދިވެހި ސަރުކާރުގެ ނިންމުމަކީ ޝަރަފުވެރި ނިންމުމެއް ކަމަށެވެ. އެ ދިވެހި ދައުލަތަކީ "މަތިވެރި" ދައުލަތެއްކަމަށާއި، އެ ދައުލަތަށް އިހުތިރާމު ހައްގު ކަމަށެވެ. 

އަރަބި މީޑިއާގެ އިތުރަށް އިސްރާއީލުގެ މީޑިއާއިންވެސް ސަރުކާރުގެ ނިންމުން ރިޕޯޓުކޮށްފައިވެއެވެ. އިސްރާއީލުގެ ޓީވީ ޗެނަލަކުން އެ ހަބަރު ރިޕޯޓުކޮށްފައިވާކަމަށް ޤަޠަރުގެ ނޫހެއްކަމަށް އައްޝަރްޤު ނޫހުން ބުނެފައިވެއެވެ. އަދި ޓައިމްސް އޮފް އިސްރާއީލް ނޫހުގައިވެސް އެ ހަބަރު ޝާއިއުކޮށްފައިވެއެވެ. 

އޭގެ އިތުރަށް އިނގިރޭސިވިލާތުގެ ނޫސްތަކުގެ ތެރެއިން "ދަ ސަން" އަދި އެނޫންވެސް ބައެއް ނޫސްތަކުން ދިވެހި ސަރުކާރުގެ ނިންމުމުގެ ޚަބަރު ގެނެސްދީފައިވެއެވެ. އަދި އެސޯސިއޭޓެޑް ޕްރެސްއާއި، އޭއެފްޕީ ފަދަ މަންސަތަކުގައިވެސް އެ ޚަބަރު ޝާއިއުކޮށްފައިވެއެވެ. 

އަލްޖަޒީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ދިވެހި ސަރުކާރުން މިއަދު ނިންމުމާ ގުޅިގެން ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުން ރާއްޖެއިން ނެގި ސްޓޭންޑާއި ނިންމި ނިންމުން އިސްރާއީލު ފަތުރުވެރިން މިހާރުވެސް ދަތުރުކުރާ ބައެއް ގައުމުތަކާ އަޅައިކިޔައި އެ ގައުމުތަކަށްވެސް ފާޑުކިޔާފައިވާ ކަމަށެވެ. 

އެގޮތުން ބައެއް ގައުމުތަކުގެ އެކްޓިވިސްޓުން އެމީހުންގެ ގައުމުތަކުގެ ލީޑަރުންނަށް ރާއްޖޭގެ ނިންމުމުން ނަމޫނާ ލިބިގަނެގެން އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ބާރުއަޅާފައިވެއެވެ.   

"ބޮއިކޮޓުކުރުމުން ބޭރުގެ އިންވެސްޓުމެންޓު ނާންނާނެކަމަށް ދެކޭނަމަ ރާއްޖެއަށް ބަލާ. ރާއްޖެއިންވެސް އެބުނަނީ ލެއިން ތަތްތެޅިފައިވާ ކަލޭމެންގެ ފައިސާއެއް އަހަރުމެން ބޭނުމެއް ނުވެއޭ. އެއީ ހިތްވަރަކީ،" ރާއްޖޭގެ ނިންމުމަކީ ނަމޫނާއެއްކަމަށް ބެލުމަށް ގޮވައިލާ އަރަބި އެކްޓިވިސްޓަކު ލިޔެފައިވެއެވެ. 

މި ހަބަރުތަކާ ގުޅިގެން މީސްމީޑިއާ މަންސަތަކުގައި ހިޔާލުފާޅުކުރާ އަރަބިން އިއްތިފާގުވާ ގޮތުގައި ދިވެހި ސަރުކާރުގެ ނިންމުމަކީ ހިތްވަރުގަދަ ނިންމުމެކެވެ. އެއީ އަރަބި ގައުމުތަކާއި އިސްލާމީ އުންމަތަށް ނަމޫނާއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.