ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި، ޕޯސްޓްމޯޓަމް ހަދަނީ

ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދު ބަލަން ފެށީ ކުނިވަސް ދުވާތީއެއް ނޫނެވެ. ނަމަވެސް އެ ސަރަހައްދު ބަލަން ފެށީ މިއަދު ކަމަށް ބުންޏެވެ. މިއަދު މެންދުރު ފަހުން ފެށިގެން އެ ސަރަހައްދުން ވަރަށް ނުބައި ވަހެއް ދުވައެވެ. ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދު ބަލަން ފެށީ ލިބިފައިވާ ސީސީޓީވީ ފްޖޭޓްތަކުން ފެނުނު މަންޒަރުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާ ގިނަ ދުވަސްވީއިރު އެ ސަރަހައްދު ނުބަލާ އޮތީ ކީއްވެގެންތޯ ސުވާލު ކުރުމުން ޖަވާބެއް ނުދެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ
  •  އެ ސަރަހައްދު ބެލީ ކުނިވަސް ދުވައިގެނެއް ނޫން
  •  ސަރަހައްދު ބެލީ ތަހުގީގަށް ފާހަގަ ކުރެވުނު ކަމަކުން

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާ ފެނުނު ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތް ނަމަވެސް އެއީ އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނެފި އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން 27، ވަނީ ގެއްލިފަ އެވެ. ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 5:45 އެހާކަންހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނީ މިރޭ 7:00 ޖެހި އިރު އެވެ. އޭގެ ތަފްސީލެއް ހާމަކުރުމަށް ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. ނަމަވެސް އެއީ ގެއްލިގެން ހޯދަމުންދާ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރުގައި ލައިކްލީ މި ބޮޑީއަކީ [ލަފާ ކުރެވޭ ގޮތުގައި މި ހަށިގަނޑަކީ] މިއީ މުހައްމަދު އަޒްހާންގެ ބޮޑީއަށް ވުމުގެ ޕޮސިބިލިޓީ [ފުރުސަތު] ބޮޑު،"

ފުލުހުން ނޫސްވެރީންނަށް މައުލޫމާތު ދެނީ

ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދު ބަލަން ފެށީ ކުނިވަސް ދުވާތީ ޝައްކެއް ވެގެން ނޫނެވެ. އެކަމަކު އެ ސަރަހައްދު ބަލަން ފެށީ މިއަދު އެވެ. އަދި މެންދުރު ފަހުން ފެށިގެން އެ ސަރަހައްދުން ނުބައި ވަހެއް ދުވަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދު ބަލަން ފެށީ ލިބިފައިވާ ސީސީޓީވީ ފްޖޭޓްތަކުން ފެނުނު މަންޒަރުތަކުގެ ސަބަބުންނެވެ. ނަމަވެސް މިހާ ގިނަ ދުވަސްވީއިރު އެ ސަރަހައްދު ނުބަލާ އޮތީ ކީއްވެގެންތޯ ސުވާލު ކުރުމުން ޖަވާބެއް ނުދިނެވެ.

"އަޅުގަނޑުމެންނަށް ކޮންމެހެން ކުނިވަސް އައިޑެންޓިފައި ކުރެވިގެނެއް ނޫން މިތަން އަޅުގަނޑުމެންނަށް އައިޓެންޑިފައިވީއަކީ! މިތަން އައިޑެންޓިފައިވީ އަޅުގަނޑުމެންނަށް ލިބުނު ސީސީޓީވީ ކެމެރާ ފްޓޭޖްތަކުން މި ހިސާބުން ގެއްލިފައި ދެން ފެންނަން ޖެހޭ ހިސާބަކުން ނުފެނީމަ އަޅުގަނޑުމެންނަށް ބޮޑަށް ގަބޫލު ކުރެެވުނީ މިއީ ސާޗް ކުރަން ވަރަށް މުހިންމު ސަރަހައްދެއްގެ ގޮތުގައި،"

ފުލުުހުން ވަނީ އެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ނިންމާފައިވާ ކަމަށްވެސް މިރޭ ބުނެފަ އެވެ. އަދި އެކަން އަޒްހާންގެ އާއިލާއަށް މިހާރު އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

އަދި ބުނީ އަޒްހާންގެ ފޯން މިހާތަނަށް ފެނިފައި ނުވާ ކަމަށާއި ތަހުގީގަށް މިހާތަނަށް ކުރެވުނު މަސައްކަތުން އަޒްހާން ގެއްލުމާއި އެހެން ބަޔަކާއި ގުޅުމެއް އޮތް ކަމުގެ މައުލޫމާތެއްވެސް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް މިހާރު ދެވިފައި އޮތް ހިސާބުން ތަހުގީގު އިތުރަށް ފުޅާ ކުރާނެ ކަމަށް ބުންޏެވެ.

އޭނާ ގެއްލުމުގެ ކުރީން އެންމެ ފަހަށް ފެނިފައި ވަނީ ހުޅުމާލެ ރެޑްބުލް ދަނޑު ކައިރިންނެވެ. ހުޅުމާލޭގެ ގެސްޓްހައުސްއެއް ކައިރިން ކާރެއްގައި އެ ރަށުގެ ހިޔާ އަވަށުގެ 13 ވަނަ ޓަވަރަށް އަޒުހާން، 18 ވަނަ ދުވަހު ދެއެވެ. އެ ޓަވަރަށް އެރުމަށްފަހު އެރޭ ފަތިހު އެ ޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއެއްގައި އެނބުރި ގެސްޓްހައުސް ސަރަހައްދަށް ދެ އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނެތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.