ފޯރުކޮށްދޭ ތަމްރީނާއި، ބޭނުންވާ ހުނަރުގެ ފަރަގު ދެނެގަންނަން ސާވޭއެއް ހަދަނީ

މި ސާވޭ ކުރިއަށް ގެންދިއުމުގައި ވަޒީފާ ދޭ ފަރާތްތަކާއި، މަތީ ތައުލީމާއި ހުނަރު ދަސްކޮށްދޭ ތަންތަނުގެ އެއްބާރުލުން މުހިންމުވާނެކަން ފާހަގަކޮށް، އެފްޖޭއެސްއަށް އެއްބާރުލުން ދިނުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ސްކޫލް ދަރިވަރުންތަކެއް ބައިވެރިކޮށްގެން ހިންގި ތަމްރީން ޕްރޮގްރާމެއް -- ޓޫރިޒަމް މިނިސްޓް

އެކި އިދާރާތަކާއި އިންސްޓިޓިއުޓްތަކުން ފޯރުކޮށްދޭ ތަމްރީނާއި، ވަޒީފާ ދޭ ފަރާތްތަކަށް ބޭނުންވާ ހުނަރުގެ ފަރަގު ދެނެގަތުމަށް ހާއްސަ ސާވޭއެއް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓުން މިއަދު ފަށައިފި އެވެ. 

މި ސާވޭ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި، ވޯލްޑު ބޭންކު ގުޅިގެން ކުރިއަށް ގެންދާ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) މަޝްރުއޫގެ ދަށުން ކުރިއަށް ގެންދާ ސާވޭއެކެވެ. މި ސާވޭއިން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖެއަށް ބޭނުންވާ އިލްމުތަކާއި ހުނަރުތައް ތަރައްގީކުރުމުގެ މަގުޗާޓެއް އެކުލަވައިލެވޭނެ އެވެ. 

މި ސާވޭ ކުރިއަށް ގެންދަނީ "އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް" ނަަމަކަށް ކިޔާ ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި ސާވޭ ކުރިއަށް ގެންދިއުމުގައި ވަޒީފާ ދޭ ފަރާތްތަކާއި، މަތީ ތައުލީމާއި ހުނަރު ދަސްކޮށްދޭ ތަންތަނުގެ އެއްބާރުލުން މުހިންމުވާނެކަން ފާހަގަކޮށް، އެފްޖޭއެސްއަށް އެއްބާރުލުން ދިނުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އަމިއްލަ ކުންފުންޏަކާ މި މަސައްކަތް ހަވާލުކުރުމުގެ ބޭނުމަކީ އެއްކުރެވޭ ޑޭޓާގެ އިންޓެގްރީ ހިފެހެއްޓުމަށާއި، ސާރވޭގެ ނަތީޖާއަކީ ނުފޫޒުން މިންޖުކުރެވިފައިވާ އެއްޗެއްކަން ޔަގީންކުރުމާއި، މާހިރުން ބޭނުންކޮށްގެން އިތުބާރުކުރެވޭ މައުލޫމާތު އެއްކުރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. 

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ އެ ފުރުސުތުތަކަށް ބޭނުންވާ ދިވެހިން ބިނާކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެވައުދާ އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، އެ ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމަށް އިސްކަންދީގެން ޕްރޮގުރާމުތަކެއް ހިންގާނެކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިން އިއުލާނުކޮށްފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.