ލޯންޗު ކެޕްޓަން 15 ދުވަހަށް ބަންދު ކޮށްފި

މި ހާދިސާގައި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ ދޯންޏެއްގައި މަސައްކަތް ކުރި ބަންގުލަދޭޝްގެ ރައްޔިތެކެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނު ދަނގެއްޗާއި ރަންވެލި ރިސޯޓާ ދެމެދުގައި އޮންނަ ފަރެއް ކައިރީގަ އެވެ.

ބިދޭސީ މީހާ ގައިގައި ލޯންޗުން ޖެހުނު ސަރަހައްދު --

އދ. ދަނގެތި ކައިރިން ފާނަ މަސްވެރި ކަމަށް މޫދަށް ފައިބާ އުޅުނު ބިދޭސީ މީހެއްގެ ގައިގައި ލޯންޗަކުން ޖެހިގެން މަރުވި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ލޯންޗުގެ ކެޕްޓަން، އިސްމާއީލް އަޒީޒު 15 ދުވަހު ބަންދު ކުރަން ކޯޓުން އަމުރު ކޮށްފި އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ ދޯންޏެއްގައި މަސައްކަތް ކުރި ބަންގުލަދޭޝްގެ ރައްޔިތެކެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނު ދަނގެއްޗާއި ރަންވެލި ރިސޯޓާ ދެމެދުގައި އޮންނަ ފަރެއް ކައިރީގަ އެވެ. 

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މަރުވި މީހާ އޮތީ ދެބުރި ވެފަ އެވެ. އޭނާ މޫދުގައި އޮތީ ދުރަށް ފެންނާނެހެން އޮރެންޖު ކުލައިގެ ދިދައެއް ވެސް ނަގައިގެންނެވެ. ނަމަވެސް ލޯންޗު ދިޔައީ ބިދޭސީ މީހާގެ ގައިމަތިން ކަމަށް މައުލޫމާތު ލިބެ އެވެ. މި މައްސަލައިގައި އިއްޔެ ލޯންޗު ކެޕްޓަން ވަނީ ހައްޔަރު ކޮށްފަ އެވެ.

ބިދޭސީ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.