ސްކޫލުތައް އޭސީ ކުރާ މަޝްރޫއު ފެށީ މާފުށީ ސްކޫލުން

އެގޮތުން އެންމެ ފުރަތަމަ އޭސީ ކުރެވިގެން ދިޔައީ މާފުށީ ސްކޫލް ކަމަށާއި މާފުށީ ކައުންސިލުން މި މަޝްރޫއުގެ ފޭސް އެކެއްގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަން ދީފައިވާކަން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާފުށި ސްކޫލު ދަރިވަރުންނާ ސަލާމް ކުރައްވަނީ: ކޫލް އޭސީ މަޝްރޫއު ފަށާފައި ވަނީ އެ ސްކޫލުން

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް "ކޫލް ސްކޫލް" މަޝްރޫއު މިއަދު އިފްތިތާހު ކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭސީކޮށްފައި ވަނީ ކ. މާފުށި ސްކޫލްގެ ކްލާސްރޫމްތަކެވެ. މި ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވާފައި ވަނީ އެ ސްކޫލުގަ އެވެ. މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

"ކޫލް ސްކޫލް" މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ އޭސީ ކުރެވިގެން ދިޔައީ މާފުށީ ސްކޫލް ކަމަށާއި މާފުށީ ކައުންސިލުން މި މަޝްރޫއުގެ ފޭސް އެކެއްގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަން ދީފައިވާކަން މިނިސްޓްރީން ބުންޏެވެ.

އަދި މި މަޝްރޫއުގެ ފޭސް ދޭއްގައި ސްކޫލުގައި ސޯލާ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓް ސޯލާ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ހަރަދު ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

"މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރުމަށް މި މިނިސްޓްރީއިން މިވަނީ އަމާޒު ހިފާފައި،" މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.