ޗައިނާގެ ޖައްވީ އުޅަނދެއް ހަނދުގެ އެންމެ ދުރު ސަރަހައްދަށް ވާސިލުވެއްޖެ

މި މިޝަންގެ އަމާޒަކީ ދެކިލޯގެ މެޓީރިއަލް އެއްކުރުމެވެ. ހަނދުން ނަގާ ތަކެތި ނަގަނީ ޑްރިލް ކޮށްގެން މެކޭނިކަލް އަތެއް ބޭނުން ކޮށްގެންކަމަށް ޗައިނާގެ ޖައްވީ އިދާރާއިން ބުނެއެވެ.

ޗަންއީ-6 މިޝަންގެ ދަތުރަށް ވެންޗަން ސްޕޭސްޕޯޓުން ނައްޓައިލުން، -- ފޮޓޯ: ގެޓީ އިމޭޖްސް

ޗައިނާއިން ފޮނުވި ޖައްވީ އުޅަނދެއް، މިހާތަނަށް އެއްވެސް އެހެން ބަޔަކު ގޮސްފައި ނުވާ ހަނދުގެ ދުރު ފަޅިއަށް ތިރި ކޮށްފިކަމަށް އެ ގައުމުން ބުނެފި އެވެ.

ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި ޗަންގް-6 ޖައްސާފައި ވަނީ ހަނދުގެ ދެކުނު ތަނޑީ އައިޓެކެން ބޭސެން އަށެވެ. އެ އުޅަނދު އެ ސަރަހައްދުގައި ޖެއްސީ ބެއިޖިން ގަޑިން 6:23 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. 

މޭ މަހުގެ ތިން ވަނަ ދުވަހު ފޮނުވައިލި މި އުޅަނދުގެ ބޭނުމަކީ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ސަރަހައްދުން ހިލަވެލި އެއްކުރުމެވެ. ހަނދުގެ ދެކުނު ތަނޑިއަށް ތިރިކޮށް އެ ސަރަހައްދުން ތަކެތި ޖަމާ ކުރާނެ އެވެ. 

ވެންޗަން ސްޕޭސް ލޯންޗު ސެންޓަރުން ދަތުރު ފެށި ޗަން-6 ޖައްވީ އުޅަނދުވަނީ ހަނދު ވަށައިގެން ގިނަ ދުވަސްތަކެއް ދަތުރު ކޮށްފަ އެވެ. އެއަށް ފަހު ހަނދުގައި ޖައްސަން ތައްޔާރު ކޮށްފައިވާބައި އުޅަނދުން ވަކިވެ ހަނދުގެ ދެކުނު ތަނޑިއަށް ތިރި ކުރީ އެވެ. 

ހަނދަށް ތިރިކުރި އުޅަނދު ހަނދުގެ އެ ސަރަހައްދުން ސާމްޕަލްތައް އެއް ކުރުމުގައި ތިން ދުވަސް ހޭދަ ކުރާނެ އެވެ. މި ދުވަސްތަކުގައި އިންޖިނިއަރިންގެ އާ އީޖާދުތައް ބޭނުން ކޮށްގެން ގިނަ ނުރައްކާތަކަކާއި ދަތިތަކެއް އެ އުޅަނދަށް ގިރާ ކުރަން ޖެހޭނެ ކަމުގައި ޗައިނާގެ ޖައްވީ އިދާރާއިން ބުނެއެވެ. 

ހަނދުގެ ޖިއޮލޮޖީގެ މާހިރެއް ކަމަށްވާ ޔުނިވަސިޓީ އޮފް މެންޗެސްޓާގެ ޕްރޮފެސާ ޖޯން ޕާނެޓް-ފިޝާ ބީބީސީއާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، ހަނދުގެ އެ ސަރަހައްދުން ވެއްޔާއި ހިލަ މީގެ ކުރިން ބިމަށް ގެނެސްފައި ނުވާތީ، އެތަަކެތި ދިރާސާ ކުރުމުގެ ފުރުސަތު ލިބުމަަކީ ވަރަށް އުފާވާނެ ކަމެއްކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ ހަނދުގެ މުޅިން އައު ސަރަހައްދަކުން ސާމްޕަލް ލިބުމަކީ ގުރަހަތައް އުފެދުނު ގޮތާއި، ސޯލާ ސިސްޓަމުގައި ފެން އުފެދުނު ގޮތް ފަދަ އެތައް ކަމެއް ދެނެގަތުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. 

މި މިޝަންގެ އަމާޒަކީ ދެކިލޯގެ މެޓީރިއަލް އެއްކުރުމެވެ. ހަނދުން ނަގާ ތަކެތި ނަގަނީ ޑްރިލް ކޮށްގެން މެކޭނިކަލް އަތެއް ބޭނުން ކޮށްގެންކަމަށް ޗައިނާގެ ޖައްވީ އިދާރާއިން ބުނެއެވެ. 

ހަނދުގެ ދެކުނު ތަނޑިއަކީ ދެން ހަނދަށް ކުރާ ދަތުރުތަކުގައި ދިރާސާ ކުރާނެ ސަރަހައްދު ކަމަށް ސައެންސްވެރިން ދެކެ އެވެ. އެ ސަރަހައްދުގެ ސިއްރުތަައް ދެނެގަތުމަށް ގިނަ ގައުމުތަކަކުން އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.