ކުރިމިނަލް ކޯޓަށް ހުޅުމާލެއިން ޖާގައެއް، ވާނުވާ ބަންދު މައްސަލަތަކަށް އިސްކަން ދޭނެ

ކުރިމިނަލް ކޯޓުން ބުނެފައިވަނީ އެ ކޯޓުގެ އިމާރާތަށް ފެން ފޭބުމުގެ ސަބަބުން ކަރަންޓުގެ ނިޒާމަށް ފެނުގެ އަސަރުކޮށް، ކޯޓުގައި ޝަރީއަތް ކުރާ ގިނަ މާލަން ތަކެއް ބޭނުން ނުކުރެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް: މީހަކު ރަހީނު ކުރި މައްސަލައެއްގައި އަނެއްކާވެސް ދެ މީހަކު ބަންދު ކޮށްފި --

ކްރިމިނަލް ކޯޓުގެ ބައެއް ސެކްޝަންތަކުގެ މަސައްކަތް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަން ހިންގަމުން އައި އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ. 

ކުރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވުމުގެ ސަބަބުން އެ ކޯޓުގެ ފުރާޅުން ފެން ފައިބައި ބޮޑެތި ގެއްލުންތަކެއް ލިބި ކޯޓު ހިންގަމުން އައި އިމާރާތުގެ ބައެއް ސަރަހައްދުތަކަކީ ބޭނުންކުރަން ރައްކާތެރިނޫން ސަރަހައްދުތަކެއްކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ނިމުނު އަހަރު ފެބްރުއަރީ މަހުގައެވެ. 

ކުރިމިނަލް ކޯޓުން ބުނެފައިވަނީ އެ ކޯޓުގެ އިމާރާތަށް ފެން ފޭބުމުގެ ސަބަބުން ކަރަންޓުގެ ނިޒާމަށް ފެނުގެ އަސަރުކޮށް، ކޯޓުގައި ޝަރީއަތް ކުރާ ގިނަ މާލަން ތަކެއް ބޭނުން ނުކުރެވޭ ކަމަށެވެ. އެއިރުއްސުރެ އެ ކޯޓުގައި ޝަރީޢަތްކުރަމުން އައީ އެންމެ މާލަމެއްގައެވެ. 

ކުރިމިނަލް ކޯޓަށް ފެން ފައިބާ ޝަރީޢަތްތައް ބޭއްވުމަށް ބޭނުންނުކުރެވޭ މިންވަރަށް އެ އިމާރާތުގެ ބޮޑު ބައެއް ހަލާކުވުމާ ގުޅިގެން ކުރިމިނަލް ކޯޓުގެ ޝަރީޢަތްތައް ބޭއްވުމަށް ހުޅުމާލެއިން ޖާގައެއް ހަމަޖައްސަން ކުރީ ސަރުކާރުން އެއްބަސްވި ނަމަވެސް ވެރިކަން ނިމުމަކަށް އައީ އެއިން މަސައްކަތެއް ނުކުރެވި އޮއްވައެވެ. 

އައު ސަރުކާރު ހަވާލުވުމާއެކު އެޗްޑީސީން ކުރި މަސައްކަތުން ކުރިމިނަލް ކޯޓުގެ ގިނަ ސެކްޝަންތަކެއްގެ ޝަރީޢަތްތައް ބޭއްވުމަށް ބޭނުންވާ ޖާގަ ހަމަޖެހި އެތަންތަނުގައި ޝަރީޢަތް ކުރަން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވަނީ ވެފައެވެ. 

މިއަދު ކޯޓުން ބުނެފައިވަނީ ޖޫން 2، 2024 ވަނަ ދުވަހުން ފެށިގެން އެ އިމާރާތުގައި ހުރި 3 މާލަމެއްގައި އެ ކޯޓުގެ 6 ސެކްޝަނެއްގެ ޝަރީއަތްތައް ބާއްވާނެ ކަމަށެވެ. އެއީ  B2, B3, B5, B8, B10 އަދި B11 ސެކްޝަނެވެ. 

އަދި މި ސެކްޝަންތައް ހުޅުމާލެއަށް ބަދަލުކުރުމުން ކުރިމިނަލް ކޯޓުން 3 މާލަމުގެ ޖާގަ ހުސްވެފައިވާތީ، ޝަރީޢަތް ހިންގުމަށް ޖުމްލަ 6 މާލަން މިހާރު ކުރިމިނަލް ކޯޓަށް ލިބިފައިވާކަމަށް އެ ކޯޓުން ބުންޏެވެ. އަދި 6 މާލަން ކޯޓުގެ 11 ޤާޟީންގެ މެދުގައި އެކި ދުވަސްތަކަށް ބަހާލައިގެން ޝަރީއަތްތައް ތާވަލުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާކަމަށްވެސް ކޯޓުން ބުންޏެވެ. 

ޝަރީއަތްތައް ހިންގުމަށް އިތުރު ޖާގަ ތަނަވަސްވުމާއެކު ކުރިމިނަލް ކޯޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ، ދުވަސްވެ ދިގުލައިގެން ގޮސްފައިވާ މައްސަލަތަކަށާއި، ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިވާ މީހުންގެ މައްސަލަތައް ކުރިއަށްގެންދިއުމަށް ކަމުގައި ކޯޓުން ބުންޏެވެ. 

ފާއިތުވި ދޮޅު އަހަރު ކޯޓުގެ އެންމެ މާލަމެއް ބޭނުންކުރި ނަމަވެސް 2،934 މީހެއްގެ ބަންދާމެދު ގޮތެއް ނިންމައި، 2،193 ކޯޓު އަމުރު ދޫކޮށްފައިވާކަމަށާއި، އަދި 520 މައްސަލައެއްގައި ކޯޓުން ހުކުމްކޮށްފައިވާކަމަށް ކުރިމިނަލް ކޯޓުން ބުނެފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.