ހަރަދު ކުޑަކުރަން އާރުޓީއެލް ފެރީ ރޫޓުތަކަށް ބަދަލުގެންނަން ވިސްނަނީ

އާރުޓީއެލް ހިދުމަތަށް ސަރުކާރުން ކުރާ ހަރަދު ބޮޑުވާ ސަބަބަކީ ރޫޓުތައް ކަނޑައަޅާފައިވާ ގޮތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރޫޓުތަކަށް ބަދަލުތަކެއް ގެނެވިއްޖެނަމަ އެ ހަރަދުތައް ކުޑަކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުވަދު އަތޮޅުގެ އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ރަސްމީ ގޮތުން ފެށުން

ހައި ސްޕީޓު ފެރީ ނިޒާމަކުން ރަށްތަކާއި އަތޮޅުތައް ގުޅުވައިލުމަށް ކުރީ ސަރުކާރުން ފެށި އާރްޓީއެލް ފެރީ ޚިދުމަތުގެ ރޫޓުތައް މުރާޖައާކޮށް ޚަރަދު ކުޑަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ވިސްނަމުންދާކަން ހާމަކޮށްފިއެވެ. 

އާރްޓީއެލްގެ ޚިދުމަތް ފެށީ ކުރީ ސަރުކާރުންނެވެ. އެނިޒާމަކީ އަތޮޅުތަކުގެ ރަށްތަކާއި އަތޮޅުތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅުވައިލުމަށް ހިންގާ މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ ދަށުން ބައެއް އަތޮޅުތަކުގައި މިހާރު ހިދުމަތް އަންނަނީ ދެމުންނެވެ. 

ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ފެރީގެ ހިދުމަތަށް ބަދަލެއް ގެނައުމަށް ސަރުކާރުން ނުވިސްނާ ކަމަށެވެ. ނަމަވެސް މިހާރު ދަތުރުކުރާ ރޫޓްތަކުގެ ސަބަބުން ސަރުކާރަށް ބޮޑު ހަރަދެއް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. 

އާރްޓީއެލް ހިދުމަތް ކުރިއަށްގެންދިއުމަށް 2022 ވަނަ އަހަރު ސަރުކާރުގެ ބަޖެޓުން 40 މިލިއަން ރުފިޔަ ހަރަދުކުރިއެވެ. އަދި ފާއިތުވި 2023 ވަނަ އަހަރު އެ ހިދުމަތް ކުރިއަށްގެންދިއައީ ދައުލަތުގެ ބަޖެޓުން 102 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އިތުރު އަތޮޅުތަކަަށް ހިިދުމަތް ފުޅާކުރާ މިންވަރަކުން އެ ހަރަދު ބޮޑުވަމުންދާނެއެވެ. 

އާރުޓީއެލް ހިދުމަތަށް ސަރުކާރުން ކުރާ ހަރަދު ބޮޑުވާ ސަބަބަކީ ރޫޓުތައް ކަނޑައަޅާފައިވާ ގޮތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރޫޓުތަކަށް ބަދަލުތަކެއް ގެނެވިއްޖެނަމަ އެ ހަރަދުތައް ކުޑަކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިނިސްޓަރު ފާހަގަކުރައްވާ ގޮތުގައި އާރުޓީއެލް ރޫޓުތަކުގެ ތެރެއިން އެއް ރޫޓަކުން އަހަރެއްހައި ދުވަހުގެ ތެރޭގައި ހަމައެކަނި ފަނަރަ ސޯޅަ މީހުން ދަތުރުކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އެގޮތަށް މީހުން މަދުން ބޭނުންކުރާ ރޫޓުތައް އެހެން ރޫޓަކާ އެއްކޮށްލެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"މިހާރު ފުވައްމުލަކުން ގއ. އަތޮޅާއި ގދ. އަތޮޅަށް ކުރާ ދަތުރުތަކުގައި ވެސް ސްޓޮޕްޕޮއިންޓު ބަދަލުކުރަން ނިންމާފައި އޮންނާނެ. މި ކަހަލަ ރޫޓުތަކަށް ބަދަލު ގެނައީމަ ދެން ސީދާ ނަމްބަރުން ދަންނަވާލަން އެނގޭނެ މި ސަބްސިޑީއަށް ކުޑަކުރެވުނު އަދަދުތައް،" އަމީން ވިދާޅުވިއެވެ. 

މިވަގުތު ސަރުކާރުން އާރްޓީއެލްގެ ޚިދުމަތް ދެމުންދަނީ ހަތް އަތޮޅެއްގައެވެ. ކުރިއަށް އޮތް ފަސް މަސް ތެރޭ އިތުރު ތިން އަތޮޅަކަށް އާރްޓީއެލް ފެރީ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.