އޭޕްރީލު މަހަށްވުރެ މޭ މަހު ފުލުހަށް ހުށަހެޅި މައްސަލަތައް މަދު

މަހުން މަހަށް ބަލާއިރު ފުލުހަށް ހުށަަހެޅި މައްސަލަ 22 އިންސައްތަވަނީ މަދުވެފައެވެ.

ވޯޓްލާ މަރުކަޒެއް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

އޭޕްރީލު މަހާ އަޅާބަލާއިރު ފާއިތުވި މޭ މަހުގައި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ އަދަދު މަދުވެއްޖެއެވެ. 

ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މޭ މަހު ފުލުހުންގެ ޚިދުމަތަށް ޖުމްލަ 759 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން 244 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. 

ދެން އެންމެ ގިނައިން ފުލުހަށް ހުށަހެޅިފައިވަނީ މަގުމަތީގައި ހިނގާ ހާދިސާތަކާ ގުޅޭ މައްސަލަތަކެވެ. އެބާވަތުގެ 169 މައްސަލައެއް ފުލުހަށް ހުށަހެޅިފައިވެއެވެ. ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި 88 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. 

ތަކެތި ގެއްލިގެން 78 މައްސަލައެއް ހުށަހަޅާފައިވާއިރު މާރާމާރީގެ 30 މައްސަލައަކާއި ފޭރުމުގެ 36 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި މަކަރާއި ހީލަތުގެ 25 މައްސަލައަކާއި ފޯޖަރީގެ 12 މައްސަލައަކާއި މުދަލަށް ގެއްލުންދިނުމުގެ 45 މައްސަލައެއް ހުށަހަޅާފައިވެއެވެ. 

މޭ މަހު ހުށަހެޅި މައްސަލަތައް މަދު

އޭޕްރީލް މަހާ އަޅާބަލާއިރު މޭ މަހުގައި ހުށަހަޅާފައިވާ މައްސަލަތައްވަނީ މަދުވެފައެވެ. އެގޮތުން އޭޕްރީލު މަހުގައި ޖުމްލަ 976 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ. އެހެންކަަމުން މަހުން މަހަށް ބަލާއިރު ފުލުހަށް ހުށަަހެޅި މައްސަލަ 22 އިންސައްތަވަނީ މަދުވެފައެވެ. 

ވަކިވަކި މައްސަލަތަކަށް ބަލާއިރު ވައްކަމުގެ މައްސަލަތައް ހުށަހެޅި މިންވަރާއި މަގުމަތީގައި ހިނގާ ހާދިސާތައް ރިޕޯޓުކޮށްފއިވާ މިންވަރާއި މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރުވެސް އޭޕްރީލު މަހަށްވުރެ މޭ މަހުވަނީ މަދުވެފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.