މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗު ދިޔައީ ބިދޭސީ މީހާ ގައި މަތިންނެވެ. އެ މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އދ. ދަނގެތި ކައިރިން މޫދަށް ފައިބާ އުޅުނު ބިދޭސީ މީހެއްގެ ގައިގައި ލޯންޗަކުން ޖެހިގެން މަރުވެއްޖެ އެވެ.
މަރުވި ބިދޭސީ މީހާ މޫދަށް ފައިބައިގެން އުޅުނީ ފާނަ މަސްވެރިކަން ކުރުމަށެވެ. ފުލުހުން ބުނީ ބިދޭސީ މީހާ ގައިގައި ލޯންޗުން ޖެހުނު ހަބަރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗު ދިޔައީ ބިދޭސީ މީހާ ގައި މަތިންނެވެ. އެ މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.