އިންޑިއާގެ އިޤުތިޞާދު "އުދުހެނީ" | އަންދާޒާކުރި ވަރަށްވުރެ ބޮޑަށް އިޤުތިޞާދު ކުރިއަރަނީ

ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އިންޑިއާގެ އިގުތިސޯދު ކުރިއަރަމުންދާ ދުވެލީގައި ކުރިއަރާނަމަ 2027 ވަނަ އަހަރާ ހަމައަށްދާއިރު އެ ޤައުމަކީ އެމެރިކާ އާއި ޗައިނާ ނަގާފައި ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދަށް ވާނެ އެވެ.

އިންޑިއާގެ ކާރުޚާނާއެއްގައި މަސައްކަތްކުރަނީ -- ފޮޓޯ: ގެޓީ އިމޭޖްސް

އަވައްޓެރި އިންޑިއާގެ އިޤުތިޞާދު އެ ޤައުމުގެ މާލީ އަހަރު ނިމުނުއިރު އަށް އިންސައްތައިން ކުރިއަރާފައިވާ ކަމަށް ހުކުރު ދުވަހު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އިންޑިއާގެ ތަފާސްހިސާބާ ބެހޭ މިނިސްޓްރީން އާންމުކުރި ހިސާބުތަކާއެކު، މިހާރު ކުރިއަށްދާ އިންޑިއާގެ އާންމު އިންތިޚާބުގައި ބޮޑުވަޒީރު މޯދީ އާއި ވެރިކަންކުރާ ބީޖޭޕީއަށް އޮތް ތާއީދު އިތުރު ވުމުގެ ފުރުސަތު ބޮޑު ކަމަށް މުހައްލިލުން ވިދާޅުވެ އެއެވެ. 

އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާގެ ޤައުމީ އުފެއްދުންތެރިކަން ފާއިތުވި މާލީ އަހަރު 8.2 އިންސައްތައިން ކުރިއަރާފައި ވެއެވެ. އެއާއެކު ދުނިޔޭގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ އިޤުތިޞާދަކަށް އިންޑިއާގެ އިޤުތިޞާދު ވެފައި ވެއެވެ. އަދި ފާއިތުވި އަހަރު އިޤުތިޞާދު ކުރިއަރާފައި ވަނީ މޯދީގެ ސަރުކާރުން އެ ޤައުމުގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރި 7.6 އިންސައްތައަށްވުރެ ބޮޑަށެވެ. 

ފިސްކަލް އަހަރުގެ ފަހު ކުއާޓާގައި އިންޑިއާގެ އިޤުތިޞާދު، 2023 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު ކުރިއަރާނީ 7.8 އިންސައްތައިގައި ކަމަށް ސަރުކާރުން އަންޒާކުރި ނަމަވެސް، ނިމުނު ކުއާޓާގައި ޖީޑީޕީ ވަނީ 8.6 އިންސައްތައިން ކުރިއަރާފަ އެވެ. 

ކެޕިޓަލް އިކޮނޮމިކްސް އިކޮނޮމިސްޓެއް ކަމަށްވާ އަންކިތާ އަމަޖޫރީ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ކުއާޓާތަކުގައި އިންޑިއާގެ އިޤުތިޞާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް ބެލެވުނު ނަމަވެސް، ބޮޑެތި އެހެނިހެން އިޤުތިޞާދުތަކާ އަޅާބަލާއިރު އިންޑިއާގެ އިޤުތިޞާދީ ކުރިއެރުމުގެ ދުވެލި ހަލުއިވާނެ އެވެ. 

މި އަހަރުގެ އާންމު އިންތިޚާބުގައި މޯދީ ކެމްޕެއިން ބިނާ ކުރައްވަނީ އޭނާގެ ވެރިކަމުގެ 10 އަހަރުން އިންޑިއާގެ އިޤުތިޞާދަށް ކުރިއެރުމުގެ މައްޗަށެވެ. އެ މުއްދަތުގައި ދުނިޔޭގެ ނުވަވަނަ އިޤުތިޞާދުގެ ދަރަޖައިން ފަސް ވަނައަށް އެންމެ ބޮޑު އިޤުތިޞާދުގެ މަޤާމަށް އިންޑިއާ ވަނީ ވާސިލުވެފަ އެވެ. އަދި އެހެނިހެން ބޮޑެތި އިޤުތިޞާދުތަކާ އަޅާބަލާއިރު އެ މުއްދަތުގައި ޤައުމީ އުފެއްދުންތެރި ކަމަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ވެސް އިންޑިއާއިންނެވެ. 

އިންޑިއާގެ އާންމު އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރާނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. ގިނަ މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި މި އިންތިހާބު ކާމިޔާބު ކުރާނީ ބީޖޭޕީންނެވެ. އަދި ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް މޯދީ އިންތިހާބު ވެވަޑައިގަންނަވާނެ އެވެ. 

ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އިންޑިއާގެ އިގުތިސޯދު ކުރިއަރަމުންދާ ދުވެލީގައި ކުރިއަރާނަމަ 2027 ވަނަ އަހަރާ ހަމައަށްދާއިރު އެ ޤައުމަކީ އެމެރިކާ އާއި ޗައިނާ ނަގާފައި ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދަށް ވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.