ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ އެކި ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދަ އިން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަން ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގައި އެވްރެޖްކޮށް އަހަރަކު 150 މީހުން ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުގައި މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންދާޒާ ކޮށްފައިވާ ކަމަށް ރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ދުންފަތުގެ ސަަބަބުން ޖެހޭ ބަލިތަކަކީ ވޭން ދެނިވި ބަލިތަކެއް ކަަށާ އެއީ ބަލި މީހާއަށް އެތައް ހިތްދަތި ކަމަކާއި ވޭންތަކެއް ތަހައްމަލު ކުރަން ޖެހޭ ބަލިތަކެއް ކަމަށެވެ.
އެފަދަ ބަލިތަކުގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ވެސް ހުރީ ވަރަށް މަތީ އިންސައްތައެއްގައި ކަމަށާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންދާޒާ ކޮށްފައިވާ ގޮތުގައި ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގައި ރާއްޖޭގައި ދެ ދުވަހުން މީހަކު މަރުވާ ކަމަށެވެ.
އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ އެކި ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދަ އިން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަން ވަނީ ފާހަގަ ކޮށްފަ އެވެ.
"މި ބަލިތައް ތަހަންމަލު ކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާ އަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގްތިސޯދަށް ކުރުމެވެ،" ހެލްތުގެ ބަޔާނުގައި ވެ އެވެ.