ވަަރި ކުރުމުން އެއް ބިލިއަން ޑަލަރު ދޭން ހުކުމް ކޮށްފި

ސޯލް ހައި ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާގެ ކައިވެންޏަށް 35 އަހަރު ވެފައިވާ ރޯހް ސޯ ޔަންގް އަށް އޭނާގެ ކުންފުނީގެ ހިއްސާގެ ބައެއް ހައްގުވާ ކަމަށެވެ.

ޗޭ ޓޭ-ވޮން އަކީ އެސްކޭ ގްރޫޕްގެ ޗެއާމަންކަން 25 އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއް

ދެކުނު ކޮރެއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗޭ ޓޭ-ވޮން އޭނާގެ ކުރީގެ އަނބިމީހާއަށް 1.38 ޓްރިލިއަން ވޮން (1 ބިލިއަން ޑޮލަރު؛ 788 މިލިއަން ޕައުންޑް) ނަގުދު ފައިސާގެ ގޮތުގައި ދޭން ހުކުމް ކޮށްފި އެވެ.

މި ގޮތަށް ހުކުމް ކޮށްފައި ވަނީ ޗޭގެ ލޯބިވެރިޔާއަށް ދަރިއަކު ހުންނަކަން އެނގުމުން ކައިވެނި ރޫޅުނުތާ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ފަހުންނެވެ.

ސޯލް ހައި ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާގެ ކައިވެންޏަށް 35 އަހަރު ވެފައިވާ ރޯހް ސޯ ޔަންގް އަށް އޭނާގެ ކުންފުނީގެ ހިއްސާގެ ބައެއް ހައްގުވާ ކަމަށެވެ.

ވަރުގަދަ ކުންފުނި އެސްކޭ ގްރޫޕްގެ ޗެއާމަން ޗޭގެ ވަކީލުން ވިދާޅުވެފައި ވަނީ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށާއި، ކޯޓުން "ރޯހްގެ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް" ކަމަށް ބުނެފައިވާނެ ކަމަށެވެ.

އެ ގައުމުގެ ދަށު ކޯޓުން ވަނީ ޗޭގެ އެސްކޭ ކުންފުނީގެ ހިއްސާގެ ބައެއް އޭނާއަށް ދިނުމަށް ރޮހް އެދުމުން އެކަމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ ހިއްސާއަކީ ޖޮއިންޓް ޕްރޮޕަޓީއެއްގެ ގޮތުގައި ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ކުރީގެ ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އޭނާގެ އަނބިމީހާގެ ހައިސިއްޔަތުން އެސްކޭ ގްރޫޕާއި ޗޭގެ ވިޔަފާރި ކުރިއަރައި ފައިދާ ވުމުގައި ރޯހްގެ ދައުރެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޗޭގެ މުއްސަނދިކަން ގާތްގަނޑަކަށް ހަތަރު ޓްރިލިއަން ވޮންގައި ހުރި ކަމަށް ކޯޓުން ބުނެފައި ވާއިރު، ރޯހް އަށް އޭނާގެ ތިން ދަރިން ތިބުމުން ގާތްގަނޑަކަށް ވިޔަފާރީގެ 35 ޕަސެންޓް ހިއްސާ އޭނާއަށް ލިބޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.