ޓްރަމްޕްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެ

މިއީ އެމެރިކާގެ ކުރީގެ ރައީސެއްގެ މައްޗަށް މިފަދަ ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ޓްރަމްޕް ގެ މައްޗަށް ހުރިހާ ދައުވާއެއް ސާބިތުވިކަމަށް ނިންމާފައި މިވަނީ މިއަދު ކުރިއަށް ދިޔަ ޓްރަމްޕްގެ ޝަރީއަތުގައި 12 ޖޫރީގެ އިއްތިފާގުން ނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ ތާރީޚީ ޖިނާއީ ޝަރީއަތުގައި ވިޔަފާރީގެ ރެކޯޑް އޮޅުވާލުމުގެ 34 ދައުވާއެއް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެއްޖެ އެވެ.

މިއީ އެމެރިކާގެ ކުރީގެ ރައީސެއްގެ މައްޗަށް މިފަދަ ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ޓްރަމްޕްގެ މައްޗަށް ހުރިހާ ދައުވާއެއް ސާބިތުވި ކަމަށް ނިންމާފައި މިވަނީ ޓްރަމްޕްގެ ޝަރީއަތުގައި 12 ޖޫރީގެ އިއްތިފާގުން ނެވެ.

ޓްރަމްޕް ވަނީ އެ ހުކުމަކީ ވަރަށް ދަށު ދަރަޖައިގެ ހުކުމެއް ކަމަށް ސިފަ ކުރައްވައި މައްސަލަ ބެއްލެވި ގާޒީ މަރްޗާނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

ޓްރަމްޕްގެ މައްޗަށް މި ހުކުމް އައިސްފައި މިވަނީ ނޮވެމްބަރު މަހު ބާއްވާ އިންތިޚާބުގައި ޖޯ ބައިޑަން ބަލިކޮށް އެނބުރި ވައިޓް ހައުސްއަށް ވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

ޓްރަމްޕާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ސްޓޯމީ ޑެނިއެލްސް ހިމެނޭ ގޮތަށް ހަ ހަފުތާގެ ތެރޭގައި 22 ހެކިންގެ އަޑުއެހުމެއް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ޓްރަމްޕްގެ މައްޗަށް ކުރަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން 2016 ވަނަ އަހަރު އޭނާ ގުޅުން ބޭއްވި ސްޓޯމީ ޑެނިއެލްސް އަށް ފައިސާ ދީ އެކަން ސިއްރު ކުރުމަށް ޓްރަމްޕްގެ ކުރީގެ ވަކީލު މެދުވެރިކޮށް ދެއްކެވި ފައިސާއެއް ސިއްރުކުރި ކަމުގެ ތުހުމަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.