މަސްޖިދުލް އަގްސާގެ މާތްކަމާ ގުޅޭ ދަރުސްތަކެއް 13 ރަަށެއްގައި

މަސްޖިދު އަގްސާ އަކީ މުސްލިމުންގެ ފުރަތަމަ ގިބުލަ އެވެ. އަގްސާ ހުރި ބިން މާތްﷲ ވަނީ މާތް ކުރައްވާފަ އެވެ.

މުސްލިމުންގެ ފުރަަަތަމަ ގިބްލަ އަލް މަސްޖިދު އަގްސާ

ފަލަސްތީނުގައިވާ މުސްލިމުންގެ ފުރަަަތަމަ ގިބްލަ އަލް މަސްޖިދު އަގްސާގެ މާތްކަން ބަޔާން ކޮށް ދިނުމަށް ހާއްސަ މިސްކިތު ދަރުސްތަކެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ "މަސްޖިދު އަގްސާގެ މާތްކަން" ނަމުގައި ބާއްވާ ދަރުސްތައް 13 ރަށެެއްގެ 18 މިސްކިތެއްގައި އޮންނާނެ ކަމަަށެވެ.

ދަރުސްތައް އޮންނާނީ މަޣުރިބު ނަމާދަަށް ފަހު އެވެ. ދަރުސްތައް އޮންނާނީ؛

  •  ހއ. ކެލާ
  •  ނ. މާފަރު
  •  ރ. ފައިނު
  •  އއ. ތޮއްޑޫ
  •  އދ. ދަނގެތީ
  •  ދ. ކުޑަހުވަދޫ
  •  މ. މުލަށް
  •  ލ. ގަން
  •  ޏ. ފުވައްމުލަކު
  •  ސ. ފޭދޫ
  •  ސ. މަރަދޫ
  •  ސ. ހިތަދޫ

ފުވައްމުލަކު ސިޓީގެ ތިން މިސްކިތެއް ގައި ދަރުސް އޮންނާނެ އެވެ. އައްޑޫ ސިޓީ ހިތަދޫގެ ތިން މިސްކިތެއް ގައި ދަރުސް އޮންނާނެ އެވެ. އަދި ފޭޭދޫގެ ދެ މިސްކިތެއްގައި ދަރުސް އޮންނާނެ އެވެ.

ދަރުސްތައް ދެއްވާނީ ދީނީ އިލްމުވެރީންނެވެ.

މަސްޖިދު އަގްސާ އަކީ މުސްލިމުންގެ ފުރަތަމަ ގިބުލަ އެވެ. އަގްސާ ހުރި ބިން މާތްﷲ ވަނީ މާތް ކުރައްވާފަ އެވެ. އެއީ އެންމެ މާތް ތިން މިސްކިތުގެ ތެރެއިން މިސްކިތެކެވެ.

އަޅުކަން ކުރުމަށް ދަތުރު ހަދައިގެން ދިއުމަަށް ހުއްދަ އޮތް އަދި އެކަމުގެ މާތްކަން އެންމެ ބޮޑު ތިން މިސްކިތުގެ ތެރޭގައި އަގްސާ މިސްކިތް ހިމެނެ އެވެ. އެއީ މުޅި އިސްލާމީ އުންމަތުގެ ފަހުރެކެވެ.

"މަސްޖިދު އަގްސާގެ މާތްކަން" ނަމުގައި ދަރުސްތަކެއް ބާއްވާއިރު ފަލަސްތީނަަށް ވެރިވެގަނެގެން ތިބި އިޒްރޭލްގެ ޔަހޫދީ ސިފައިން ދަނީ އެ މާތް މިސްކިތްކޮޅުގައި އެ މުގައްދަސް ބިމުގެ ހުރުމަތް ކަނޑާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ވަރުގަދަ ގަތުލް އާންމެއް ހިންގަމުންނެވެ.

އެ ގަތުލް އާންމު އެހެން ހަރުފަތަކަަށް ގެންގޮސް މިދިޔަ ދެތީން މަަސްތެރޭ ޣައްޒާގެ 38،000 ވުރެ ރައްޔިތުން ވަނީ ޝަހީދު ކޮށްލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.