ގެވެށި އަނިޔާއާ ގުޅޭ 16 މައްސަލައެއް ނިންމާފައިވެ އެވެ. ގެވެށި އަނިޔާއާ ގުޅޭ އަށް މައްސަލަ އެއް އެ މަހު ނުނިމި އޮތެވެ.
މި އަހަރުގެ އޭޕްރީލް ގައި 144 ކައިވެނި ކޮށްދީ ރަޖިސްޓްރީ ކޮށްފައި ވާއިރު ވަރިއާ ގުޅޭ 60 މައްސަލަ ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން ރޭ ވަނީ އޭޕްރީލްގެ ތަފާސް ހިސާބު އާންމު ކޮށްފަ އެވެ. އެ މަހު އެ ކޯޓުން 144 ކައިވެނި ކޮށްދީ ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި ވަރިއާ ގުޅޭ 60 މައްސަލަ ނިންމާފައި ވެއެވެ.
ގެވެށި އަނިޔާއާ ގުޅޭ 16 މައްސަލައެއް ނިންމާފައި ވެއެވެ. ގެވެށި އަނިޔާއާ ގުޅޭ އަށް މައްސަލަ އެއް އެ މަހު ނުނިމި އޮތެވެ.
ކުޑަކުދީންނާ ގުޅުން ހުރި ހަ މައްސަލައެއް ނިންމި އެވެ. ނުނިމި 45 މައްސަލަ ވެއެވެ. ހަރަދުގެ މައްސަލަތަކާއި އާއިލީ އެހެނިހެން ގިނަ މައްސަލަތަކެއް ވެސް ނިންމާފައިވެ އެވެ.