ރައީސްގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް

ޓެލެތޯންގެ ފަންޑު ފޮށި މާލެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލުތަކާއި ޕާކުތަކާއި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދު ތަކުގައި ބަހައްޓާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ.

ޓެލެތޯން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ޓެލެތޯން ކުރިއަށް ގެންދާނެ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު "ދަ މިރާ" އަށް ވިދާޅުވި ގޮތުގައި ޓެލެތޯން ކުރިއަށް ގެންދާނީ މީޑިއާތަކާއި ގުޅިގެންނެވެ. އަދި މިއީ އިޖްތިމާއީ ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

"ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ޖަމްއިއްޔާތަކާއި ޓީވީ އަދި ނޫސް މަޖައްލާތަކަށް ވެސް ވަނީ ހުޅުވާލެވިފައި. ރަށްރަށުގެ ކައުންސިލްތަކާއި ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް،" ޒީނާ ވިދާޅުވި އެވެ.

ޓެލެތޯންގެ ފަންޑު ފޮށި މާލެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލުތަކާއި ޕާކުތަކާއި މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދު ތަކުގައި ބަހައްޓާނެ އެވެ.

ފަލަސްތީން މައްސަލާ ގައި ދިވެހީންގެ ސްޓޭންޑް ވަރަށް ސާފެވެ. ދިވެހީންގެ ހިތްތަކު ގައި ފަލަސްތީނަށް އޮތީ ވަރަށް ހާއްސަ ލޯތްބެކެވެ. މިހާތަނަަށް ވެސް ދިވެހީންގެ ފަރާތުން ވަރަށް ގިނަ އެހީ ފަލަސްތީނަށް ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.