2028 ގައި އަރަނި ބަޖެޓެއް ހުށަހަޅަން ސަރުކާރުން އަމާޒު ހިފައިފި

މިހާރު ބޮޑުތަނުން ދަރާފައިވާ ބަޖެޓު އަރަނި ބަޖެޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މާލީ އިސްލާހުތަކާ އެކު ފަށާފަ އެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ބަޖެޓަކީ އަރަނި ބަޖެޓަކަށް ހެދުމެވެ.

މި އަހަރުގެ ބަޖެޓް : ސަރުކާރުގެ އަމާޒަކީ 2028 ގައި އަރަނި ބަޖެޓެއް -- މަޖިލިސް

މިހާރު ބޮޑު ތަނުން ދަރާފައިވާ ދައުލަތުގެ ބަޖެޓަކީ 2028 ވަނަ އަހަރު އަރަނި ބަޖެޓަކަށް ހަދަން ސަރުކާރުން އަމާޒު ހިފައިފި އެވެ. 

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިހާރު ގެންނަ މާލީ އިސްލާހުތަކާއެކު 2028 ވަނަ އަހަރުގެ ބަޖެޓަކީ އަރަނި ބަޖެޓަކަށް ހަދަން މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ލަފާފުޅާއެކު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އަރަނި ބަޖެޓަކަށް ދާން މާލީ އިސްލާހުތަކެއް ގެންނާނެ ކަމަށާ، މި އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ދަަރަނި ދަށް ކުރުން ވެސް ހިމެނެ އެވެ. 

"ރައީސް އަންގަވާފައިވަނީ އިކޮނޮމީ މެނޭޖު ކުރުމަށް ޕްލޭނެއް ހުށަހެޅުމަށް. އެ ޕްލޭން މިހާރު ހުށަހަޅައި ރައީސް ވަނީ އިންސްޓްރަކްޝަން ދެއްވާފަ 2028 ގައި ސާޕްލަސް ބަޖެޓެއް ހުށަހަޅަން މަސައްކަތް ކުރަން. އެ މަސައްކަތް ކުރާއިރު ދަރަނި ސްޓޮކް [ދަރަނި ހުރި މިންވަރު] ވެސް ރަނގަޅުވާނެ ގޮތަކަށް ކަންކަން ކުރަން. މިހާރު ނިންމާފައިވާނީ ސާޕްލަސް ބަޖެޓެއް ހުށަހަޅާއިރު ރިފޯމް އެޖެންޑާ އެކުލަވާލަން،" ކުރިން އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ސާއިދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އަރަނި ބަޖެޓެއް ހުށަހަޅާއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި 116 ޕަސެންޓުން 125 ޕަސެންޓަށް އުފުލޭނެ ކަމަށް ބެލޭތީ އެ އަދަދު 85-80 ޕަސެންޓާ ދެމެދަށް ގެނައުމަށް ކަމަށެވެ. 

"މިކަންކަން މި ކުރެވެނީ ވަރަށް މަތިވެރި ކަމެއްގެ ގޮތުގައި. ކުރިއަށް އޮތްތަނުގައި ކޮންމެ ކަމެއްގެ މައުލޫމާތު ކުރިއާލާ އިއުލާނު ކުރެވޭނެ،" ސާއިދު ވިދާޅުވި އެވެ. 

ސަރުކާރުން އަރަނި ބަޖެޓަކަށް އަމާޒު ހިފާފައިވާއިރު މިފަހުގެ ތާރީހުގައި އަރަނި ބަޖެޓެއް ހުށަހެޅީ 2018 ވަނަ އަހަރު އެވެ. އާއްމުކޮށް އަބަދުވެސް ދައުލަތުގެ ބަޖެޓު 10 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ދަރަންޏެއް އޮވެ އެވެ. މި އަހަރުގެ ބަޖެޓުގެ ދަރަނި ހުރީ 17 ބިލިއަން ރުފިޔާގަ އެވެ. 

ބަޖެޓް 2024 - މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.