އެ އިއުލާނުގައި ބުނެފައި ވަނީ ލިސްޓުކޮށްފައިވާ 28 ރަށުގެ ތެރެއިން ރަށެއް ހޯދުމަށް އެދި ހުށަހަޅާނީ އެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލްގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް އަށް ކަމަށެވެ.
އިގްތިސޯދީ ނަފާ ހޯދުމަށް ހުރިހާ ކައުންސިލަކަށް 25 އަހަރަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރަން ނިންމައި ފުރަތަމަ ކުރި އިއުލާނު ބާތިލުކޮށް 28 ފަޅުރަށް ކުއްޔަށް ދޫކުރަން އިއުލާނު ކޮށްފި އެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިން ފުރަތަމަ މިދިޔަ މަހުގެ 17 ވަނަ ދުވަހު އިއުލާނު ކޮށްފައި ވަނީ 25 ފަޅުރަށް ކުއްޔަށް ދޫކުރުމަށެވެ. ނަމަވެސް އިއްޔެ އެ އިއުލާނު ބާތިލު ކުރުމަށްފަހު އާ އިއުލާނަކާއެކު 28 ފަޅު ރަށް ކުއްޔަށް ދޫކުރަން ވަނީ އިއުލާނު ކޮށްފަ އެވެ.
އިއުލާނާއެކު އެއް ކައުދާސްކޮށްފައި ލިސްޓުގައި 12 އަތޮޅެއްގެ 28 ފަޅު ރަށް ހިމެނެ އެވެ.
ފަޅު ރަށްތައް ދޫކުރަން ނިންމާފައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުންނެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ލިސްޓުކޮށްފައިވާ 28 ރަށުގެ ތެރެއިން ރަށެއް ހޯދުމަށް އެދި ހުށަހަޅާނީ އެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލްގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް އަށް ކަމަށެވެ.
އިގްތިސޯދީ ނަފާ ހޯދުމަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައި ވަނީ މިދިޔަ މާޗް ތިން ވަނަ ދުވަހުގެ ރޭ ރ. މީދޫގައި ވާހަކަ ދައްކަވަމުންނެވެ. ރަށްރަށުގެ އިގްތިސޯދީ ތަރައްގީއަށްޓަކައި ހުރިހާ ކައުންސިލަކަށް، އެރަށަކާ ކައިރިން ނޫނަސް ފަޅުރަށް ކުއްޔަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، 25 އަހަރަކީ ކައުންސިލްތަކުން އިންވެސްޓް ކުރަން އެކަށޭނެ މުއްދަތެއް ކަމަށެވެ. އަދި، ގާނޫނު އޮތް ގޮތަށް ބަލައި، އެ މުއްދަތު 50 އަހަރަށް ވެސް ދިގު ކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.