ނ. ރ. އަދި ބ. އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ފަށަނީ

މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު ސަރުކާރުން ސަބްސިޑީގެ ގޮތުގައި 40 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ސަބްސިޑީގެ ގޮތުގައި 102 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އާރްޓީއެލްގެ ފެރީއެއް: ނ. ރ. އަދި ބ. އަތޮޅުގައި ފަށަން ވަނީ ތައްޔާރުވެފައި

މިއަހަރުގެ ތެރޭގައި ނ. ރ. އަދި ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ފަށަން ތައްޔާރު ވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި ތިން އަތޮޅުގައި ކުރިއަށް އޮތް މަސްތަކުގައި އާރްޓީއެލްގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެގޮތުން؛

  •  ނ. އަތޮޅުގައި ޖޫން މަހު
  •  ރ. އަތޮޅުގައި ސެޕްޓެމްބަރު މަހު
  •  ބ. އަތޮޅުގައި ނޮވެމްބަރު މަހު

މި ހިދުމަތާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިހާރު އާރްޓީއެލް ފެރީތަކުގެ ރޫޓްތައް ހުރި ގޮތުން ހަރަދު ބޮޑުވެފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ އެއް ރޫޓުން މުޅި އަހަރު ދުވަހު ދަތުރު ކޮށްފައި ވަނީ 15 ނުވަތަ 16 މީހުން ކަމަށާއި އެހެންކަމުން އެހެން ރޫޓުތަކަށް މި ދަތުރުތައް އެއްކޮށްލަން ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބުން ސަބްސިޑީ ކުޑަ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު ސަރުކާރުން ސަބްސިޑީގެ ގޮތުގައި 40 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ސަބްސިޑީގެ ގޮތުގައި 102 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ މޭ މަހު އެވެ. އެންމެ ފުރަތަމަ މި ހިދުމަތް ފެށީ ޒޯން ހައެއްގައި ހިމެނޭ ހދ. އަތޮޅުގަ އެވެ. ފުރަތަމަ ގުޅާލެވިގެން ދިޔައީ އެ ޒޯންގައި ހިމެނުނު ހއ، ހދ، ށ. އަތޮޅުގެ ރަށްތަކެކެވެ. ޖުމުލަ 41 ރަށް ގުޅާލަން ފަސް ރޫޓެއްގައި ހަތަރު ފެރީ ލޯންޗު ބޭނުން ކުރަން ފެށި އެވެ. އޭގެ ފަހުން ޅ. އަތޮޅާއި ގއ. އަދި ގދ. އަތޮޅުގައި މި ހިދުމަތް ވަނީ ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.