ޓޫރިސްޒަމްގެ ޕީކް ހަތަރު މަސް: ޓޫރިޒަމް އާމްދަނީ އުފުލި، ޑޮލަރު އާމްދަނީ އިތުރު

މި އަހަރުގެ އެޕްރީލް މަހާ ހަމައަށް 416 މިލިއަން ޑޮލަރު ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ލިބުނީ 366 މިލިއަން ޑޮލަރެވެ.

ކްރޫޒްލައިނާއަކުން ފޭބި ޓޫރިސްޓުންތަކެއް ބަނދަރު މަތީގައި -- މިރާ

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކް، މި ވޭތުވެދިޔަ ހަތަރު މަސް ކަމަށްވާ ޖެނުއަރީން - އެޕްރީލްގެ ނިޔަލަށް ޓޫރިޒަމް އާމްދަނީ މަތިވެ، ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ބޮޑުތަކުން އިތުރުވެފައި ވެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުގައި އޭޕްރީލް މަހާ ހަމައަށް 416 މިލިއަން ޑޮލަރު ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 366 މިލިއަން ޑޮލަރުގަ އެވެ. 

މިދިޔަ އޭޕްރީލް މަހު ޑޮލަރުން 91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ދައުލަތުގެ ހަޒާނާއަށް ވަދެފަ އެވެ. 

މި އަހަރުގެ އެޕްރީލްއާ ހަމައަށް ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ލިބުނު 416 މިލިއަން ޑޮލަރަކީ މި ވޭތުވެދިޔަ ހަތަރު އަހަރު ކަމަށްވާ 2021 އިން 2024 އާ ހަމައަށް ބަލާއިރު ވެސް ރެކޯޑް އިތުރު ވުމެކެވެ. 

ހަތަރު އަހަރެއްގެ ޑޮލަރުގެ އާމްދަނީ

  •  2021 - 219 މިލިއަން ޑޮލަރު
  •  2022 - 322 މިލިއަން ޑޮލަރު
  •  2023 - 366 މިލިއަން ޑޮލަރު
  •  2024 - 416 މިލިއަން ޑޮލަރު

މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ބަލައިގަތް އާމްދަނީ 350 މިލިއަން ޑޮލަރަށް އަރަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 308 މިލިއަން ޑޮލަރުގަ އެވެ. 

ޓެކުހުގެ އާމްދަނީ ޑޮލަރުން

  •  ޓީޖީއެސްޓީ - މި އަހަރު 278 މިލިއަން ޑޮލަރު | މިދިޔަ އަހަރު - 249 މިލިއަން ޑޮލަރު
  •  ގްރީން ޓެކްސް - މި އަހަރު 27 މިލިއަން ޑޮލަރު | މިދިޔަ އަހަރު 25 މިލިއަން ޑޮލަރު
  •  ޑިޕާޗާ ޓެކްސް - މި އަހަރު 26 މިލިއަން ޑޮލަރު | މިދިޔަ އަހަރު 23 މިލިއަން ޑޮލަރު
  •  އިންކަމް ޓެކްސް - މި އަހަރު 18 މިލިއަން ޑޮލަރު | މިދިޔަ އަހަރު 7 މިލިއަން ޑޮލަރު

މި އަހަރު ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި މިދިޔަ އަހަރު 278 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު ލިބިފައިވަނީ 249 މިލިއަން ޑޮލަރެވެ. މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ވަނީ 27 މިލިއަން ޑޮލަރު ލިބިފަ އެވެ.

ޓެކްސް ނޫން އާމްދަނީ ޑޮލަރުން

  •  އެއާޕޯޓް ޑިވްލޮޕްމަންޓް ފީ - މިއަހަރު 26 މިލިއަން ޑޮލަރު | މިދިޔަ އަހަރު 23 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމު ކުލި - މި އަހަރު 36 މިލިއަން ޑޮލަރު | މިދިޔަ އަހަރު 34 މިލިއަން ޑޮލަރު
ޑޮލަރަށް ވަނީ ކިހިނެއް؟ - ކިތަންމެ ގިނަ ޑޮލަރެއް ވަތން ނަމަވެސް މި ވަގުތު ވެސް ޑޮލަރެއްގެ އަގު ހުރީ 17.40ރ. އިން މަތީގަ އެވެ. ސަބަބަކީ ރާއްޖެއަށް މަހެއްގެ މައްޗަށް ވަންނަ ޑޮލަރަށްވުރެ ލީކްވުން ބޮޑުވުމެވެ.

ބޭންކުގައި ޑޮލަރު ހިފެހެއްޓޭނެ ގޮތެއް ނެތުމެވެ. އެހެންވެ ސަރުކާރުން ދަނީ މިކަން ހައްލު ކުރަން ފިޔަވަޅު އަޅަން ތައްޔާރުވަމުންނެވެ.  

މި ވަގުތު ޓޫރިޒަމް - މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޖުމްލަ 879,885 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 794,061 ޓޫރިސްޓުންނެވެ. މިއީ 10 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.