"ޝާހީ ފުރައްސާރަ" ކުރުމުގެ ޝަރީއަތް ތަކްސިންގެ މައްޗަށް ހިންގަނީ

މި މައްސަލައަކީ 2015 ވަނަ އަހަރު އަމިއްލައަށް އަރުވާލެވިގެން ހުންނަވާއިގެން ބިލިއަނަރު އަދި ސިޔާސީ ލީޑަރު ތަކްސިން ޝިނަވަޓްރާ ދެކުނު ކޮރެއާގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއަކާ ގުޅޭ މައްސަލައެކެވެ.

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި ބިލިއަނަރު ތަކްސިން ޝިނަވަޓްރާ

ތުހުމަތުތަކާ ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން އަމިއްލައަށް އަރުވާލެވިގެން ހުންނެވި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި ބިލިއަނަރު ތަކްސިން ޝިނަވަޓްރާ ދެކުނު ކޮރެއާގެ މީޑިއާއަށް ދެއްވި އިންޓަވިއުއަކާ ގުޅޭ މައްސަލައެއް ޖެހި އެކަން ބަލައި ދައުވާކޮށް ޝަރީއަތް ހިންގަން ތައްޔާރު ވެއްޖެ އެވެ.

އަމިއްލަފުޅަށް އަރުވާލެވިގެން 15 އަހަރު ގައުމުން ބޭރުގައި ހުންނެވުމަށް ފަހު ތަކްސިން ޝިނަވަޓްރާ މިދިޔަ އަހަރު އެނބުރި ތައިލެންޑަށް ވަޑައިގެންނެވުމާއެކު އޭނާގެ މައްޗަށް ކުރަނީ ތައިލެންޑްގެ ރަސްކަމަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. އެކަމާ ގުޅޭ ދައުވާގެ ޝަރީއަތް އަންނަ މަހު ފަށަން ވަނީ ނިންމާފަ އެވެ.

ތައިލެންޑްގެ އެޓާނީ ޖެނެރަލްގެ ތަރުޖަމާނު ޕްރަޔޫތު ޕެކަރާކުން ވިދާޅުވީ ދުނިޔޭގެ އެންމެ ހަރުކަށި އެއް ގާނޫނު ކަމަށްވާ ތައިލެންޑްގެ ލެސޭ-މެޖެސްޓޭ ގާނޫނުގެ ދަށުން ދައުވާއަށް ޖަވާބުދާރީ ވުމަށް އުމުރުން 74 އަހަރުގެ ތަކްސިން އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ. -- ތަކްޝިން އަކި ޓެލެކޮމިއުނިކޭޝަން ދާއިރާގެ ޓައިކޫނެކެވެ. ކޮމްޕިއުޓާ ކްރައިމް ގާނޫނާ ހިލާފުވުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

ތަކްސިން 2001 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް އިންތިހާބުވެ ވަޑައިގަތް ނަމަވެސް އޭގެ ފަސް އަހަރު ފަހުން އަސްކަރީ ބަޣާވާތަކުން މަގާމުން ދުރު ކުރީ އާބަން މިޑްލް ކްލާސްގެ ބޮޑު މުޒާހަރާތަކާއި، ރޯޔަލިސްޓުންނާއި އަސްކަރިއްޔާއަށް ތާއީދު ކުރާ އިއްޒަތްތެރިންގެ މެދުގައި އޭނާގެ ސިޔާސަތުތަކާ މެދު ހިޔާލު ތަފާތު ވުންތައް އުފެދިފައި ވަނިކޮށެވެ. 

ތަކްސިން އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ހުންނެވި ދުވަސްވަރު އޭނާގެ ޕޮޕިއުލިސްޓް ސިޔާސީ ހަރަކާތުން އިންތިޚާބުތައް ކާމިޔާބު ކުރަމުން ދިޔަ ނަމަވެސް، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބަޣާވާތްތަކުން ނުވަތަ ކޯޓުތަކުގެ ހުކުމްތަކުގައި އެ ވެރިކަންތައް ވަނީ ވައްޓާލާފައެވެ.

އޭނާގެ މައްޗަށް ކުރާ އެންމެ ފަހުގެ ތުހުމަތުތަކަކީ 2014 ވަނަ އަހަރު ތަކްސިންގެ ކޮއްކޮ ޔަންގްލަކް ޝިނަވަތުރާގެ އަތުން ޖެނެރަލުން ވެރިކަން އަތުލުމާއި ގުޅިގެން އެ އަހަރު ދެކުނު ކޮރެއާގެ މީޑިއާތަކަށް އޭނާ ދެއްވި އިންޓަވިއުއަކާ ގުޅުން ހުރި ތުހުމަތުތަކެކެވެ.

"ރަސްކަމަށް ފުރައްސާރަކުރި ކަމަށް ބުނެ ތަކްސިންގެ މައްޗަށް ދައުވާ ކުރަން ބަންޑާރަ ނައިބު ވަނީ ނިންމަވާފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރަޔޫތު ވިދާޅުވި އެވެ.

ތަކްސިން އެނބުރި ތައިލެންޑަށް ވަޑައިގެންނެވީ އަސްކަރިއްޔާއަށާއި ރަސްކަމަށް އިސްލާހު ގެނައުމަށް ކެމްޕޭން ކުރި އިންތިހާބު ކާމިޔާބު ކުރި މޫވް ފޯވާޑް ޕާޓީއަށް ސަރުކާރެއް އުފެއްދުމަށް ހުރަސް އެޅުމުން އުފެދުނު ކޯލިޝަންގެ ދަށުން އޭނާގެ ދަރިކަނބަލުން އިސްވެ ހުންނަވާ ފީއު ތައި ޕާޓީން ވެރިކަމާ ހަވާލުވުމާ ގުޅިގެންނެވެ.

މުޒާހަރާގެ ބައިވެރިންނާއި އެކްޓިވިސްޓުންނާއި ސިޔާސީ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ވެސް ވަނީ ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އާއި އޭނާގެ ގާތް އާއިލާ ހިމާޔަތްކުރާ ތައިލެންޑުގެ ޝާހީ އަބުރުގެ ގާނޫނުތަކާ ހިލާފުވެފަ އެވެ.

ދެހާސް ވިހި ވަނަ އަހަރުން ފެށިގެން ރަސްކަމަށް ދުވަހަކު ވެސް ނާދެވޭ ފަދަ އިސްލާހެއް ގެނައުމަށް ގޮވާލައި ޒުވާނުން މުޒާހަރާ ކުރަން ފެށި ހިސާބުން ފެށިގެން މި ގާނޫނުތައް ވަނީ ވަރަށް ބޮޑަށް ބޭނުން ކޮށްފައެވެ. ކޮންމެ ދައުވާއަކުން ވެސް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ތަކްސިންގެ ގާނޫނީ ވަކީލު ވިނިޔަތު ޗަޓްމޮންޓްރީ ވިދާޅުވީ ތަކްސިންގެ ދައުވާއާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަދުލު އިންސާފުގެ ނިޒާމުގައި އޭނާގެ ކުށެއް ނެތްކަން ސާބިތު ކޮށްދޭން އޭނާ ހުރީ ތައްޔާރަށް،" ވިންޔަތު ވިދާޅުވި އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ގާނޫނީ ސިޔާސީ ބަހުސްތައް ކަނޑުވާލުމަށް ގާނޫނުގެ ބޭނުން ހިފާފައިވާ ކަމަށެވެ. ތައިލޭންޑްގެ ލޯޔާސް ފޯ ހިއުމަން ރައިޓްސް އިން ބުނީ މުޒާހަރާތައް ފެށި ފަހުން މިހާތަނަށް 270 އަށްވުރެ ގިނަ މީހުންގެ މައްޗަށް ލެސޭ-މަޖެސްޓޭގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

އަސްކަރިއްޔާއަށް ތާއީދުކުރާ ބައެއް ފަރާތްތަކާ ގުޅިގެން ކޯލިޝަންގެ ތެރެއިން ބޮޑުވަޒީރު ކަމަށް ފިއު ތައިގެ ސްރެތާ ތަކްސިން ވަޑައިގެންނެވި ދުވަހު ތަކްސިން އެނބުރި ތައިލެންޑަށް ވަޑައިގަތުމުން ގިނަ ބަޔަކު ނިންމީ ކޮރަޕްޝަނާއި ގުޅުންހުރި ތުހުމަތުތަކުގައި އޭނާގެ ޖަލުގެ މުއްދަތު ކުޑަ ކުރުމުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

ތައި ރަސްގެފާނު ވަނީ ތަކްސިންގެ އަދަބު އަށް އަހަރުން އެއް އަހަރަށް ކުޑަ ކުރައްވާފަ އެވެ. އަދި އޭނާވަނީ ހަ މަސް ދުވަހުގެ ބޮޑު ބައެއް ހޮސްޕިޓަލުގައި ބަންދުގައި ހޭދަ ކުރެއްވުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު ޕެރޯލްގެ ދަށުން މިނިވަންވެ ވަޑައިގަނެފަ އެވެ.

ތަކްސިން ރިޓަޔާ ކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް އޭނާ ދޫކޮށްލި ފަހުން ވަނީ އާންމުންގެ ގިނަ ހަރަކާތްތަކުން ފެނި ވަޑައިގެންފަ އެވެ. އޭނާ ތަކުރާރުކޮށް ރަސްގެފާނަށް ވަފާތެރި ކަމަށް ވެސް ވައުދުވެވަޑައިގަންނަވަ އެވެ.

ދުސްތޫރީ ކޯޓުގައި ލެސޭ-މަޖެސްޓޭ ގާނޫނަށް އިސްލާހު ގެނައުމަށް މޫވް ފޯވާޑް ޕާޓީއިން ވައުދުވެފައި ވުމުން އެ ޕާޓީއާއި ދެކޮޅަށް ވެސް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި ޕާޓީ އުވާލުމާއި މެދު ގޮތެއް ނިންމުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.