މޫސަގެ މަރު މައްސަލައިން ސަލާމަތްވި ސައްމާހު ބަންދު ނުކުރަން ނިންމައިފި

އެހެންކަމުން ސައްމާހަކީ ކުށެއްގެ ތުހުމަތު އޮތް މީހެއް ކަމަށް ނުބެލެވޭ ކަމަށްވެސް އެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން ސައްމާހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ވ. ކެޔޮދޫ ދޭލިއާގެ، މޫސާ އަހްމަދު މަރާލި ކަމުގެ ތުހުމަތު އޮތް އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ: އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ވަނީ ނިންމާފަ --

މީގެ ހަތް އަހަރު ކުރިން ވ. ކެޔޮދޫ ދޭލިއާގެ، މޫސާ އަހްމަދު މަރާލި މައްސަލައިގައި ދައުވާ އުފުލި އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާތީ، އޭނާ އަކީ ތުހުމަތެއް އޮތް މީހެއް ނޫން ކަމަށާއި، އެހެންކަމުން އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާ ބަންދު ކުރެވެން ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މޫސަ މަރާލި މައްސަލާގައި، ސައްމާހުގެ މައްޗަށް އުފުލާފައި ވަ ނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. 

އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ދައުލަތުން ވަނީ އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާ ބަންދު ކޮށްދިނުމަށް ވެސް ހައިކޯޓުގައި އެދިފަ އެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައިކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ.

އެހެންވެ، ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުގެ ނިންމުމުގައި ގޯސްތަކެއް ވާކަން ބަޔާންކޮށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ އަލުން ސައްމާހުގެ ބަންދާ މެދު ހައިކޯޓުން ގޮތެއް ނިންމުމަށެވެ.

ހައިކޯޓުން އަލުން ސައްމާހުގެ ބަންދާ މެދު ގޮތް ނިންމުމަށް މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމުގައި ބުނީ، ދައުލަތުން އުފުލާ ދައުވާގެ ސީގާގައި، ކުށްކުރި ހާލަތު ކަމަށް ބުނާ ކަންކަމަށް އެކަނި ބަރޯސާވެ، އެކަންކަމަށް އެކަނި ބުރަދަންދީގެން ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާ މީހަކު ބަންދު ނުކުރެވޭނެ ކަމަށެވެ. އެގޮތުން އެކަންކަމަކީ ޝައުރީ ކޯޓަކުން ވަޒަންކޮށް ގޮތް ނިންމާފައިވާ ކަންކަން ކަމަށް ބުނެފައިވެ އެވެ.

އަދި، ސައްމާހަކީ ކުށެއްގެ ތުހުމަތު އޮތް މީހެއް ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން ސައްމާހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު --

މޫސަގެ މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެއީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަން އާއި ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށެވެ. މީގެ ތެރެއިން ކުށް ސާބިތުގައި ވަނީ އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލައިގައި ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައިވާ ރިޔާޒާއި އިޖާދުގެ މައްސަލަ ވެސް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މޫސާ އަހްމަދު މަރާލާފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.