އެމިރޭޓްސްއާއި ތައިލެންޑަށް ބޭސްފަރުވާއަށް ފޮނުވުމަށް މިދަނީ ތައްޔާރުވަމުން: އާސަންދަ

އާސަންދައިން ބުނެފައިވަނީ އާސަންދައިގެ ޚިދުމަތް ތައިލެންޑާއި ޔޫއޭއީން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ: 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ވަނީ ތައާރަފްކޮށްފައި --

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ފަދައިން އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ހޯދުމަށް ޔުނައިޓެޑް އަރަބިކް އެމިރޭޓްސް އަދި ތައިލޭންޑަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. 

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވެފައިވަނީ ތައިލެންޑާއި ޔޫއޭއިން އާސަންދައިގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރަމުން ކަމަށެވެ. 

އޭގެ އިތުރަށް ޒީނިޔާ ވިދާޅުވެފައިވަނީ ވަކި ޤައުމުތަކަކަށް ސިއްހީ ޚިދުމަތް ހޯދުމުގައި ބަރޯސާވުން ކުޑަކުރުމަށް ރައީސް ޑރ.މުޢިއްޒު އިއުލާނުކުރައްވާފައިވާ ސިޔާސަތުގެ ދަށުން އެހެނިހެން ޤައުމުތަކުން އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ލިބޭނެ ގޮތްތައް އެކުންފުނިން ބަލަމުންދާ ކަމަށެވެ. 

"ވިސްނުމަކީ ދިވެހިން ގިނައިން ދަތުރުކުރާ ގިނަ ގައުމުތަކުން، މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް ލިބޭ ކަހަލަ ތަންތަން ހޯދައި އެ ތަންތަނަށް ފޮނުވުން،" ޒީނިޔާ ވިދާޅުވިއެވެ. 

އާސަންދައިގެ ޚިދުމަތް ލަންކާއާއި އިންޑިއާ ފިޔަވައި އެހެން ޤައުމުތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަން އިއުލާނުކުރެއްވުމާއެކު ތައިލެންޑާއި ޔޫއޭއީން އާސަން މެދުވެރިކޮށް ބޭސްފަރުވާގެ ޚިދުމަތް ހޯދައިދިނުމަށް ސަރުކާރުން ވިސްނާކަން ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މީޑިއާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ޖެނުއަރީގައި އާސަންދައިން ބުނެފައިވަނީ ރައީސްގެ ސިޔާސަތާ އެއްގޮތްވާ ގޮތުުގެ މަތިން އާސަންދައިގެ ޚިދުމަތް ތައިލެންޑާއި ޔޫއޭއީން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.