ދެކުނަށް ދަތުރު ފަށަން ޗައިނާ އެއާލައިނާ ފައިސަލް މަޝްވަރާ ކުރައްވައިފި

ރައީސްގެ ދަތުރުފުޅަށްފަހު ޗައިނާގެ ބައެއް އެއާލައިންތަކުންވަނީ ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލު ޗައިނާ އީސްޓާން އެއާލައިންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓާ ބައްދަލުކުރެއްވުން، --ފޮޓޯ:އެކްސް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ސީދާ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ޗައިނާ ސަދާން އެއާލައިންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ވަން ކިންގޗާއޯއާ ޓޫރިޒަމް މިނިސްޓަރު ފައިސަލު މަޝްވަރާކުރައްވައިފިއެވެ. 

ކިންޗާއޯއާ ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ފައިސަލު ވިދާޅުވީ އެ ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. 

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާގެ ބައެއް ތަފުސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި ޗައިނާގެ މެދުގައި ދަތުރުފަތުރު އިތުރަށް ފަސޭހަކޮށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ވަން ކިންޗާއޯއާ މަޝްވަރާކުރެއްވި ކަމަށެވެ. 

ޗައިނާއާއި ރާއްޖޭގެ މެދުގައި ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމަށް ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެ ޤައުމު ގުޅިގެން ޚާއްޞަ ޕްރޮމޯޝަންތައް ކުރިއަށްގެންދިއުން ހިމެނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޗައިނާ އީސްޓާން އެއާލައިންސްއިން ޑައިރެކްޓު ފުލައިޓުތައް ފެށުމާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ އެއާލައިންސްއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރެވޭނެކަމަށް އޭނާ އުންމީދުކުރައްވާ ކަމަށެވެ. 

ޗައިނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރާއްޖެއަށް ޗައިނާގެ އެއާލައިންތަކުން ކުރަމުންދާ ދަތުރުކޮށް އިތުރުކުރުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ގިނަ އެއާލައިންތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށްވެސް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ. 

ރައީސްގެ ދަތުރުފުޅަށްފަހު ޗައިނާގެ ބައެއް އެއާލައިންތަކުންވަނީ ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އިއްޔެގެ ނިޔަލަށް އެ ޤައުމުން 98،908 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.