އަނަންތު އަމްބާނީއާ ރާދިކާގެ ޕްރީ ވެޑިން ހަރަކާތްތައް ފަށައިފި

މި ހަފްލާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ފިލްމީ ތަރިންނާއި ވިޔަފާރިވެރިން އަދި އަންބާނީ ފެމިލީގެ ގާތް މީހުން ބައިވެރިވަމުން ދެއެވެ.

އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް

އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ހަތަރު ދުވަހުގެ ޕްރީ ވެޑިން ހަރަކާތްތައް ފަށައިފި އެވެ. އަނަންތު އާއި ރާދިކާގެ ހަތަރު ދުވަހުގެ ޕްރީ ވެޑިންގައި ހިމަނައި މި ހަފުތާގައި ޔޫރަޕްގައި ހަފްލާތަށް ބާއްވަން ނިންމާފައި ވާއިރު މިއަދާއި މިރޭ ބާއްވަނީ އިޓަލީ އާއި ފްރާންސްގައި ލަގްޒަރީ ކްރޫޒް ޝިޕްގެ އިތުރުން އެއްގަމުގައި ވެސް ބާއްވާ ގާލާ އިވެންޓެކެވެ. 

"އިޓަލީ އާއި ފްރާންސްގައި ޑިސްކަވަރީ، އެކްސްޕްލޯރޭޝަންގެ ދަތުރެއް،" ސެލެބްރިޓީ ފޮޓޯގްރާފަރު ވިރަލް ބަޔާނީގެ އިންސްޓަގްރާމްގައި ހިއްސާކުރި ކާޑުގައި ވާ ލިޔުމުގައި ވެއެވެ.

ދެވަނަ ދުވަހު އޮތީ ރޯމްގެ އެއްގަމުގައި ބާއްވާ ޑޭ އިވެންޓެކެވެ. އިވެންޓްގެ ނަމަކީ "އަ ރޯމަން ހޮލިޑޭ" އެވެ. އަދި ރޭގަނޑު ދަންވަރު 1:00 ގައި ޓޯގާ ޕާޓީއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

ތިން ވަނަ ދުވަސް ހޭދަ ކުރަނީ ކުރޫޒް ޝިޕްގައި ބޭބީ ވެދާގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރުމަށެވެ. ވެދާއަކީ އާކާޝް އަމްބާނީ އާއި ޝްލޯކާ މެހެތާގެ ދެވަނަ ދަރިފުޅެވެ. "ލެ މަސްކެރޭޑް" ގެ ނަމުގައި ބާއްވާ ބްލެކް ޓައި ހަވީރަކަށް ގެސްޓުން ފްރާންސްގެ ދެކުނުގައި އޮންނަ ކާންސްއަށް ފައިބާނެ އެވެ. 

ހަތަރު ވަނަ ދުވަހަކީ އުފާ ފާޅުކުރުމުގެ އެންމެ ފަހު ދުވަހަށް ވާއިރު، މެހެމާނުން އިޓަލީގެ ޕޯޓޮފިނޯ އަވަށަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހަފްލާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ފިލްމީ ތަރިންނާއި ވިޔަފާރިވެރިން އަދި އަންބާނީ ފެމިލީގެ ގާތް މީހުން ބައިވެރިވަމުން ދެއެވެ. އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް އަންނަ ޖުލައި މަހު ކައިވެނި ކުރުން އޮންނައިރު އަނަންތުގެ މައިންބަފައިން ކަމަށްވާ މުކޭޝް އަމްބާނީ އާއި ނީތާ އަމްބާނީ ވަނީ މިދިޔަ މާޗް މަހު ގުޖުރާތުގެ ޖަމްނަގަރުގައި ތިން ދުވަހުގެ ޕްރީ ވެޑިން ހަފްލާއެއް ބާއްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.