ދަނޑުވެރިކަމުގެ ސިނާއީ ޕާކެއް ގާއިމް ކުރަނީ

ރައީސްވަނީ ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާހައުލެއް ގާއިމްކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

މާލޭގެ މާރުކޭޓެއްގައި މީހަކު ދޮންކެޔޮގަނޑުތަކެއް އެލުވަނީ: ދަނޑުވެރި ކަމުގެ ސިނާއީ ޕާކެއް ރާއްޖޭގައި ހަދާނެ -- މިރާ

ޒަމާނީ ޓެކްނޮލޮޖީގެ އެހީން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަން ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ދަނޑުވެރިކަމުގެ ސިނާއީ ޕާކެއް ރާއްޖޭގައި ގާއިމު ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާނު ކުރައްވާފައި ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ހަވާސާގައި އިއްޔެ ކުރިއަށް ގެންދިޔަ "ދި ޕިވޮޓަލް ރޯލް އޮފް ޕްރައިވެޓް ސެކްޓާ ފައިނޭންސިން ފޯ ކްލައިމެޓް ރިޒިލިއެންސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، ކާނާގެ ޔަގީންކަން ބޮޑުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް ފުރުސަތުތައް ރާއްޖެއިން ހޯދަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ ސިނާއީ ޕާކެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާހައުލެއް ގާއިމް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސޯދު ސިންދަފާތު ކުރެވޭނީ ވިޔަފާރީގެ އާންމު އުސޫލުތައް އަލުން މުރާޖައާ ކޮށްގެން ކަމަށާއި، މިކަމަށްޓަކައި ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާހައުލެއް ގާއިމް ކޮށްގެން ކަމަށެވެ.

ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިންނަށް އެކި ލޯނު ސްކީމްތައް ދަނީ ތައާރަފް ކުރަމުންނެވެ. ސަރުކާރުން ހިންގާ "ދަނޑުވެރި ނަފާ ލޯން ޕްރޮގްރާމް" ގެ ދަށުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 13 މިލިއަން ރުފިޔާ ދަނޑުވެރިންނަށް ވަނީ ދޫކޮށްފަ އެވެ. އޭގެ އިތުރުން ދަނޑުވެރިކަން ކުރިއެރުވުމަށް  "ދަނޑުވެރި މަންފާ" ގެ ނަމުގައި ހިލޭ އެހީ ދޭ ސްކީމެއް ވެސް މިހާރު ވަނީ ތައާރަފް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.